[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 26 –

 

2- އިބްނު ސީރީން ވިދާޅުވިއެވެ.

“ހަމަކަށަވަރުން މިޢިލްމަކީ ދީނެކެވެ. ފަހެ، ތިބާގެ ދީން ތިޔަ ނަގަނީ ކާކުގެ ފުށުންތޯ ބަލާށެވެ.”

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

“އެބޭކަލުން ސަނަދާ ބެހޭގޮތުން ނުއައްސަވައެވެ. ފަހެ، ފިތުނަ މެދުވެރިވުމުން (އެބަހީ: ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނު ފިތުނަ މެދުވެރިވުމުން) އެބޭކަލުން ވިދާޅުވާން ފެއްޓެވިއެވެ. ތިމަން ބޭކަލުންނަށް ތިޔަބައިމީހުންގެ ސަނަދު ކިޔައިދޭށެވެ. ފަހެ، އަހްލުއްސުންނާގެ މީހެއްނަމަ އޭނާގެ ޙަދީޘް ޤަބޫލުކުރައްވައެވެ. އަދި ބިދުޢަވެރިއެއްނަމަ އޭނާގެ ޙަދީޘެއް ނުނަންގަވައެވެ.” [1]

 

3- ޢަބްދާނު ބިން ޢުޘްމާނު އަލްމަރްވަޒީ ވިދާޅުވިއެވެ.

“ޢަބްދު ﷲ ބިން މުބާރަކު ވިދާޅުވާތީ ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ސަނަދަކީ ދީނުގެ ތެރެއިންވާ ކަމެކެވެ. ސަނަދުނުވާނަމަ ކޮންމެ މީހަކުވެސް އޭނާ ބޭނުން އެއްޗެއް ކިޔާފާނެއެވެ.” [2]

 

4- ޢަލީ ބިން ޝަޤީޤު ވިދާޅުވިއެވެ.

“މީސްތަކުންގެ ތެރޭގައި ހުންނަވާފައި ޢަބްދު ﷲ ބިން މުބާރަކު ވިދާޅުވާތީ ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ޢަމްރު ބިން ޘާބިތުގެ ކިބައިން އަންނަ ޙަދީޘްތައް ދޫކޮށްލާށެވެ. އޭނާއަކީ ސަލަފުންގެ ބޭކަލުންނަށް އެއްޗެހި ކިޔާ މީހެކެވެ.” [3]

 

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  مقدمة صحيح مسلم ۱ / ۱٥.

[2]  مقدمة صحيح مسلم ۱ / ۱٦.

[3]  مقدمة صحيح مسلم ۱ / ۱٦.