[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 5

  1. މައްކާގައި ކުރާ ފާފައިގެ ޢަޒާބުބޮޑުވެގެންވުން އަދި އުރެދުމަކަށް އަރައިގަތުމަށް ހަމައެކަނި ނިޔަތް ގަނެފިމީހާއަށްވެސް ބޮޑު ވަޢީދު އައިސްފައިވުން

މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައެވެ.

”ހަމަކަށަވަރުން ކާފިރުވެ ﷲގެމަގުން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނަގައި ޤާއިމުވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މިސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ލެއްވި މަސްޖިދުލް ޙަރާމްއިން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި އަނިޔާވެރިކަމާއެކު،ދީނާއި ޚިލާފުގޮތްތައް އުފައްދަން އުޅޭމީހާއަށް ތިމަންރަސްކަލާނގެ ވޭންދެނިވި އަޒާބު ދެއްވާ ހުށީމެވެ.”

ސޫރަތުލް ޙައްޖު 25

މި އާޔަތުގައި މިވާ އިލްޙާދުގެ މާނައިގެ ތެރެއަށް އެންމހާ ފާފަތަކާއި އުރެދުންތައް ވަންނާނެކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ނިކަން ވިސްނަވާށެވެ. މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައިވާއިރު، އެފަދަ ފާފަތަކަށް އަރައިގަންނަ މީހާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

މިކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ މައްކާގައި ޝިރުކާއި ބިދުޢައިގެ ޢަމަލުތައްކުރުމުގެ ނުބައިކަމެވެ. އަދި ހަމަމިފަދައިން ފާފައިގެ އެންމެހައި ވައްތަރުތަކަށް އަރައިގަތުމުގެ ނުބައިކަމެވެ. މިފަދަ ފާފަތަކުގެ ތެރޭގައި ޙައްޤަކާޢިނުލާ މީހުން މެރުން، ޒިނޭކުރުން، ލިވާޠުކުރުން،

ރިބާގެ މުޢާމަލާތްތައްކުރުން، ރާބުއިން، ވައްކަންކުރުން، ދޮގުހެދުން، ފާޙިޝް ޢަމަލުތައްކުރުން، އަނިޔާވެރިވުން އަދިވެސް މިފަދަ ފާފަތައް ހިމެނެއެވެ.

އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ޤިޔާމަތްދުވަހުގައި މާތްﷲ އެންމެބޮޑަށް ކޯފާވެ ވޮޑިގަންނަވާނެ ތިން މީހުންނަކީ:

ޙަރަމްގެ ޙުދޫދުގެ ތެރޭގައި ފާފަކުރާ މީހުން، އިސްލާމީ މުޖުތަމަޢުތަކުގައި ޖާހިލިއްޔަތުގެ އާދަތައް ފަތުރަން ބެނުންވާ މީހުން،

އަދި ޙައްޤަކާއިނުލާ އެހެން މީހެއްގެ ލޭ އޮހޮރުވާލި މީހާއެވެ.”

މައްކާގައި ކުރާ ފާފަތަކަށް ލިބޭ އަޒާބު ބޮޑުވެގެންވަނީ އެ ފާފަތައް އެކުރެވެނީ ކަޢުބަތުﷲ ގެފުޅާއި ކައިރީގައި މަސްޖިދުލް ޙަރާމްގައި ކަމުގައިވާތީއެވެ. މިކަމުން ދޭހަކޮށްދެނީ އެފަދަ ފާފަތައްކުރާ މީހާ، ﷲ ތަޢާލާގެ ޝިޢާރުފުޅުތަކަށް ޙުރުމަތްތެރިކޮށް ނުހިތާކަމެވެ.

އަދި މައްކާގެ ޙުރުމަތްކެނޑުމަށް ބިރުވެތިނުވާކަމެވެ.

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.