[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤައުމެއްގެ ވެރިއަކަށް އަންހެނަކު އިސްކުރުން 2

ސުންނަތުގެ ދަލީލު

އަބޫ ބަކްރާ ވިދާޅުވިއެވެ. ފާރިސުންގެ މައްޗަށް ކިސްރާގެ އަންހެން ދަރި ވެރިކުރެވުނުކަމުގެ ޚަބަރު، ﷲގެ ރަސޫލާ صلى الله عليه وسلم އަށް ލިބުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً)) [رواه البخاري]

މާނައީ: “އެބައިމީހުންގެ ވެރިއަކަށް އަންހެނަކު އިސްކޮށްފިބަޔަކަށް ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”

އައްޝައުކާނީ رحمه الله ، نيل الأوطار (8/305) :އޭ ކިޔުނުފޮތުގައި ވިދާޅުވިއެވެ.

“މީގެން ދަލީލުލިބެނީ އަންހެނުންނަކީ ވެރިކަމުގެ މަޤާމުތަކަށް އެކަށީގެންވާ ބައެއް ނޫންކަމެވެ. އަދި ބައެއްގެ މައްޗަށް އަންހެނަކު ވެރިކުރުން ހުއްދަ ނޫންކަމެވެ. އެހެނީ ކާމިޔާބުން އެއްކިބާކުރުވާ ކަންކަމުން ދުރުހެލިވުމަކީ އެބައިމީހުންގެ މައްޗަށް ވާޖިބުކަމެކެވެ.”

އަދި ވުޒާރާތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އަލްމާވަރްދީ رحمه الله ވިދާޅުވިއެވެ.

“އަންހެނަކު އެކަންކަން ކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ބައެއްގެ ވެރިކަން އަންހެނަކަށް ހަވާލުކޮށްފި ބަޔަކު ކާމިޔާބު ނުވާނެއެވެ.” އެހެނީ މީސްތަކުންގެ ރައުޔު ހޯދުމާއި ޢަޒުމާއެކު ޘާބިތުވުންފަދަ ކަންކަން އެކަމަށް ބޭނުންވެއެވެ. އަދި ކަންކަންކުރުމުގައި މީސްތަކުންގެ މެދުގައި ފާޅުވެގެން އުޅުމަކީ އެކަނބަލުންނަށް ނަހީކުރެވިފައިވާ ކަމެކެވެ. الأحكام السلطانية  ( ص: 46 ) .

އަދި ޚިލާފަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިބްނު ޙަޒަމް رحمه الله ވިދާޅުވިއެވެ.

“އަންހެނަކު އެކަމަށް އައްޔަނުކުރުމަކީ ހުއްދަކަމެއް ނޫންކަމާމެދު އެއްވެސް ބޭފުޅަކު ޚިލާފުވެވަޑައިގެންވައި ނުވެއެވެ.” الفصل في الملل والأهواء والنحل ( 4 / 129 ) .

އަދި الموسوعة الفقهية ( 21 / 270 ) ގައި ވެއެވެ.

އިސްލާމީ އުންމަތުގެ ވެރިޔާއަކީ ފިރިހެނެއްކަމުގައިވުމަށް ފިޤުހު ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންނެވެ. އެކަމަށް އަންހެނަކު އައްޔަނުކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً)) [رواه البخاري]

މާނައީ: “އެބައިމީހުންގެ ވެރިއަކަށް އަންހެނަކު އިސްކޮށްފިބަޔަކަށް ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”

އޭގެ ސަބަބަކީ ފިރިހެނުންނާ މަސްހުނިވެ އުޅުމުން އެއްކިބާވުމެވެ. އަދި ވެރިކަމުގެ ކަންކަމަށް ހުސްވުމަށެވެ. އަދި އެކަމާ ގުޅިފައިވާ ނުރައްކާތެރިކަންކަމާއި ބޮޑެތި ބުރަތަކަކީ ފިރިހެނުންނާ ގުޅޭ ކަންކަމަށް ވާތީއެވެ.”

= ނުނިމޭ =

މަޞްދަރު

މިލިޔުމުގެ އެހެނިހެން ބައިތައް