[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިޔަވަމުންދާ ދުވަސްވަރު ކައިވެނިކުރަންވީ ހެއްޔެވެ؟

ﷲ ތަޢާލާވަނީ، ފިރިމީހާ ހަމަޖެހިލުމަށްވާ ފަރާތެއްކަމުގައި އަނިބީމީހާ ލައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾  [سورة الروم ٢١]

މާނައީ: ” ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

މިއާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި މިވަނީ އަނބިމީހާއަކީ ހަމަހިމޭންކަން ލިއްބައިދޭ ފަރާތެއްކަމުގައެވެ. އަދި އަނބިމީހާއަކީ ފޭރާމެއްކަމުގައިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ… ﴾  [سورة البقرة ١٨٧]

މާނައީ: “ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. .. “

އެހެންކަމުން ޒުވާނުންނަށް މިދެގޮތުންކުރެ އެކަށީގެންވާ ގޮތަކީ ކޮބާ ހެއްޔެވެ؟ އޭނާ ފޭރާމެއްނެތި، ހަމަޖެހިލާނޭ ފަރާތެއް ނެތި ހުރުން ހެއްޔެވެ؟ ނުވަތަ އޭނާއަށް ފޭރާމަކާއި ހަމަޖެހިލާނެ ފަރާތެއް  ހުރުން ހެއްޔެވެ؟

ޒުވާން ފިރިހެންކުދިން ކައިވެނިކުރުމުން އެއް މިސްރާބަކަށް މަސައްކަތްކުރުމުގެ ވިސްނުން އެބައިމީހުންގެ ކިބައިގައި އަށަގަނެއެވެ. އަދި ފިރިހެންވަންތަކަން އިތުރުވެއެވެ. އަދި މުޖުތަމަޢު އެބައިމީހުން ބަލައިގަންނަ މިންވަރު ބޮޑުވެއެވެ. އަދި އަނބީންނަކީ އުނގެނުމަށްވެސް ވާގިވެރިވާނޭ ބައެކެވެ. އަދި ދުނިޔަވީ ބުރަތައް އުފުލުމުގައި އެހީތެރިވާނޭ އެކުވެރިއެކެވެ.

އެހެންކަމުން ލޮބުވެތި ޒުވާނާއެވެ. ކައިވެނީގެ ދޮރުން ވަނުމަށް ފަސްނުޖެހޭށެވެ. ބާއްޖަވެރިކަމަށް އުންމީދުކުރާށެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް