އެ ރާވީއެއްގެ ރިވާޔަތް ޤަބޫލުކުރެވޭ ރާވީގެ ސިފަ ބަޔާންކުރެވިފައިވާ އެންމެ ޝާމިލު ބުނުންތަކުގެ ތެރޭގައި، الشَّافِعِي ގެ އަންނަނިވި ބަސްފުޅު ހިމެނެއެވެ. ((ولا تقوم الحجة بخبر الخاصة حتى يجمع أمورا، منها: أن يكون من حدّث به ثقة في دينه، معروفا بالصدق في حديثه، عاقلا لما يحدث به، عالما بما يحيل معاني الحديث من اللفظ، أو أن يكون ممن يؤدي الحديث بحروفه كما سمع، لا يحدث به على المعنى؛ لأنه إذا حدث به على المعنى وهو غير عالم بما يحيل معناه لم يدر لعله يحيل الحلال إلى الحرام، وإذا أداه بحروفه فلم يبق وجه يخاف فيه إحالته الحديث، حافظا إن حدّث به من حفظه، حافظا لكتابه إن حدّث من كتابه، إذا شرك أهل الحفظ في الحديث وافق حديثهم…))[1] {މާނައީ: [ކަންތައްތަކެއް ފުރިހަމަވެއްޖައުމަށްދާންދެން، އެންމެ މީހަކު ގެންނަ ޚަބަރަކުން ޙުއްޖަތް ޤާއިމު ނުކުރެވޭ ހުށްޓެވެ. އޭގެ ތެރޭގައި: އެ ގެނައި މީހާއީ، އޭނާގެ ދީނާމެދު ثِقَة (އިތުބާރުހިފޭ)، އޭނާ ވާހަކަދައްކާއިރު ތެދުހަދާކަން އެނގިގެންވާ، އޭނާ އެ ގެންނަނީ ކޮންއެއްޗެއްކަން އެނގޭ، ލަފްޒު ބަދަލުވުމުން ޙަދީޘްގެ މާނައަށް އަންނަ ބަދަލު ދަންނަ މީހަކު ކަމުގައި ވުމެވެ. ނުވަތަ ޙަދީޘް އަޑުއެހިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފޯރުކޮށްދެވޭ މީހަކު ކަމުގައި ވުމެވެ. ޢިބާރާތުގެ ބަދަލުގައި މާނަ ރިވާކުރާ މީހަކު ކަމުގައި ނުވުމެވެ. ސަބަބަކީ، ލަފްޒު ބަދަލުވުމުން މާނަ ބަދަލުވާ ގޮތް ނުދަންނަ މީހަކު ކަމުގައިވެހުރެ، މާނަ ރިވާކޮށްފިނަމަ، ޙަލާލު ކަމެއް ޙަރާމް ކަމަކަށް ބަދަލުކުރެވޭއިރު ވެސް އޭނާއަކަށް ނޭނގޭނެއެވެ. މިއާ ޚިލާފަށް، އޭނާ ޙަދީޘްގެ ޢިބާރާތް އެ އޮންނަ ގޮތަށް ފޯރުކޮށްދޭނަމަ، ލަފްޒު ބަދަލުވުމުން އުފެދޭ ބިރެއް ނޯންނާނެ އެވެ. އަދި އޭނާ ހިތުދަސްކޮށްފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް ޙަދީޘް ރިވާކުރާނަމަ، އޭނާއީ ހިތުދަސްކުރުމުގެ ބާރު ވަރުގަދަ މީހަކު ކަމުގައި ވުމެވެ. ލިޔެފައިވާ އެއްޗެއް ބަލައިގެން ފޯރުކޮށްދޭ މީހެއްނަމަ، ލިޔާ ލިޔުމަށް ފަރުވާތެރިވެ ރައްކާތެރިވާ މީހަކު ކަމުގައި ވުމެވެ. އޭނާ އެ ގެނައި ޙަދީޘް، ހިތުދަސްކުރުމުގެ ބާރުގަދަ ރާވީން ގެނެސްފައިވާނަމަ، އޭނާ ވެސް އެބައިމީހުންނާ އެއްގޮތަށް ގެނެސްފައިވުމެވެ…]}
ތިންވަނަ ކަންތައް:
ރާވީންނާގުޅޭ ބައެއް ކަންކަން، އެބައިމީހުންނާއެކީ އުޅެފި މީހަކަށް މެނުވީ ނޭނގޭނެއެވެ. އަދި އެފަދަ ކަމެއް އެނގިއްޖެމީހާ، އެހެން މީހުންނަށް އެކަން އަންގަންޖެހޭނެއެވެ. ރާވީންނާއެކު ނޫޅެ ވެސް އެ ރާވީންނާގުޅޭ ބައެއް ކަންކަން ދެނެގަނެވިދާނެއެވެ. މިޘާލަކަށް، އޭނާ ގެނެސްފައިވާ ޙަދީޘްތައް ޓެސްޓުކޮށްގެންނެވެ. މި ކަން ކޮށްއުޅެނީ ޙަދީޘް ޢިލްމުގައި އެންމެ ކުޅަދާނަ އިމާމުންނެވެ. އެގޮތުން، ރާވީންނާގުޅޭ ގޮތުން ސުއާލުވެވިއްޖެނަމަ ނުވަތަ ބަޔާންކުރަން ބޭނުންޖެހިއްޖެނަމަ، އެ ބޭފުޅުން އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވާނެއެވެ. މި ގޮތަށް ކަންކުރުމުގައި، ރާވީ ނެތް ތަނުގައި {އޭނާ ދިރިހުއްޓަސް ނުވަތަ މަރުވެފައި ވިޔަސް} އޭނާގެ ވާހަކަ ދެއްކުން އޮންނާނެއެވެ.
ރާވީންގެ ޢަދުލުވެރިކަން ނުވަތަ ނޫންކަން ބަޔާންކުރައްވާ ބޭފުޅުން، ރާވީންގެ ޣާއިބުގައި އެބައިމީހުންގެ ހާލަތު ބަޔާންކުރަން ފެށުމުން، ބައެއް މީހުންނަށް ރާވީންގެ އުނިސިފަ ބަޔާންކުރުން {ޖަރްޙުކުރުން} ސިފަވެގެންދިޔައީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ބަސްފުޅުގައި ވާރިދުވެފައިވާ ޙަރާމް ޣީބައާ އެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވަނީ މިފަދައިންނެވެ. ((أَتَدْرُونَ مَا الغِيْبَة؟ قَالُوا: اللهُ وَرَسُوْلُهُ أَعْلَم، قَالَ: ذِكْرُكَ أَخَاكَ بِمَا يُكْرَهُ، قِيْلَ: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُوْلُ؟ قَالَ: إِنْ كَانَ فِيْهِ مَا تَقُوْلُ فَقَدْ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيْهِ فَقَدْ بَهَتَّهُ))[2] {މާނައީ: [ޣީބައަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ: އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ: (ޣީބައަކީ) ތިބާގެ އަޚާއާ ގުޅޭގޮތުން އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ. އަޞްޙާބު ބޭކަލަކު ސުއާލުކުރެއްވިއެވެ: އަޅުގަނޑު ބުނި ކަންތައް އަޅުގަނޑުގެ އަޚްގެ ގައިގައި ހުރިނަމަ ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ތިބާ ބުނި ކަންތައް ތިބާގެ އަޚާގެ ގައިގައި ހުރިނަމަ އެއީ ޣީބައެވެ. އެ ކަންތައް ތިބާގެ އަޚާގެ ގައިގައި ނެތްނަމަ އެއީ އޭނާގެ މައްޗަށް ތިބާ ހެދި ރޯބުހުތާނު ދޮގެކެވެ.]}
ދެން ފަހެ، އަދި އާންމުންގެ މި ވިސްނުން މައްޗަށް ގޮސް، ރާވީންނާގުޅޭ ގޮތުން ވާހަކަދައްކަވާ ބޭފުޅުންގެ އެ ޢަމަލަށް އިންކާރުކުރާ ދަރަޖައަށް ކަންތައް ދިޔައެވެ. އެ ސަބަބަށްޓަކައި، ޙަރާމް ޣީބައިގެ ތެރެއަށް ރާވީންގެ އުނިސިފަ ބަޔާންކުރުން ނުވަންނާނެކަން ބަޔާންކުރަން އިމާމުންނަށް މަޖުބޫރުވިއެވެ. އަދި އެ ކަން އިތުރަށް ބަޔާންކޮށްދިނުމުގެ ގޮތުން، އެ ބޭފުޅުން އެ ބޭފުޅުންގެ ފޮތްތަކުގައި އެ ކަމާގުޅޭ މައުޟޫޢުތަކެއް ވެސް ހިމެނުއްވި އެވެ. އަދި ރާވީންގެ ޙަޤީޤަތް ބަޔާންކޮށްދިނުމުގެ ގޮތުން އެބައިމީހުންނާގުޅޭ ގޮތުން ވާހަކަދެއްކުމީ ވާޖިބެއްކަމާއި، އެ ކަން ކުރާ މީހާ އެ ކަން ރަނގަޅު ގޮތުގައި ކޮށްފިނަމަ އޭނާއަށް ޘަވާބު ވެސް ލިބޭނެކަމާއި، މީހަކު ނުރުހޭ ވާހަކަ އޭނާ ނެތް ތަންތަނުގައި ދައްކާހާ ކޮންމެ ފަހަރަކު އެއީ ޙަރާމް ކަމަކަށް ނުވާނޭކަމާއި، ރާވީންގެ އުނިސިފަ ބަޔާންކުރާ ޙާލަތުގައްޔާއި ހެކިބަސްދޭމީހުންގެ އުނިސިފަ ބަޔާންކުރާ ޙާލަތުގައްޔާއި ފާސިޤުންގެ ކިބައިން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ބާރުއަޅާހިނދުގައްޔާއި ފަތުވާދޭހިނދުގައްޔާއި މި ނޫން ވެސް މި ފަދަ އެއިން އިސްތިޘްނާވާ (އެބަހީ، ޣީބަބުނުން ހުއްދަވާ) ހާލަތްތަކެއް ވާކަން ބަޔާންކޮށްދެއްވިއެވެ.[3]
يَحْيَى القَطَّانُ ވިދާޅުވެފައި ވެއެވެ. ((سألت سفيان الثوري، وشعبة، ومالكاً، وابن عيينة، عن الرجل لا يكون ثبتا في الحديث، فيأتيني الرجل فيسألني عنه، قالوا: أخبر عنه لأنه ليس بثبت))[4] {މާނައީ: [ޙަދީޘުގައި ثَبَتُ އަކަށް (އެބަހީ، ޙުއްޖަތަކަށް، ނުވަތަ އިތުބާރުހިފޭ މީހަކަށް) ނުވާ މީހަކު އަޅުގަނޑުގެ ގާތަށް އައިސް، އޭނާއާ ގުޅޭ ގޮތުން (އެބަހީ، އޭނާއާ މެދު ދެކޭގޮތާ ގުޅޭގޮތުން) ސުއާލުކުރާތީވެ، (ހަދަންވީ ގޮތަކާ ގުޅޭގޮތުން) سُفْيَانُ الثَّوْرِيّ އާއި شُعْبَة އާއި مَالِكُ އާއި اِبْنُ عُيَيْنَة އާ އަޅުގަނޑު ސުއާލުކުރީމެވެ. އެ ބޭފުޅުން ވިދާޅުވި އެވެ: އެ ޚަބަރު (އޭނާއަކީ ثَبَتُ އެއް ނޫންކަމުގެ ޚަބަރު) އޭނާއަށް ދޭށެވެ! ސަބަބަކީ، އޭނާއީ ثَبَتُ އަކަށް ނުވާތީއެވެ.]}
އަދި عَبْدُ الله بنُ المُبَارَك ވިދާޅުވެފައި ވެއެވެ. ((قلت لسفيان الثوري: إن عباد بن كثير من تعرف حاله، وإذا حدّث جاء بأمر عظيم، فترى أن أقول للناس: لا تأخذوا عنه؟ قال سفيان: بلى، فكنت إذا كنت في مجلس ذكر فيه عباد أثنيت عليه في دينه، وأقول: لا تأخذوا عنه))[5] {މާނައީ: [سُفْيَانُ الثَّوْرِيّ އަށް އަޅުގަނޑު ދެންނެވީމެވެ: عَبَّادُ بنُ كَثِيْر އަކީ އޭނާގެ ހާލަތު އެނގޭ މީހެކެވެ. އޭނާ ޙަދީޘެއް ކިޔައިދޭނަމަ، ހައިރާންކުރަނިވި ވާހަކަތަކެއް އޭގައި ހިމެނިފައި އޮވެއެވެ.[6] އެހެންވީމާ، އަޅުގަނޑު މީސްތަކުން ގާތު އޭނާގެ ފުށުން ޙަދީޘް ލިބިނުގަތުމަށް ބުނަން ފެނޭ ހެއްޔެވެ؟ ސުފްޔާނު ވިދާޅުވި އެވެ: އާއެކެވެ. عَبَّادُ ގެ ނަން ޛިކުރުކުރެވޭ މަޖިލީހެއްގައި ތިމަން އިނދެއްޖެކަމުގައިވާނަމަ، އޭނާގެ ދީންވެރިކަމަށް ތަޢުރީފުކުރަމެވެ. ހަމައެހެންމެ ބުނެއުޅެމެވެ: އޭނާގެ ފުށުން ޙަދީޘް ލިބިނުގަންނާށެވެ!]}
އަދި عَبْدُ الرَّحْمن بنُ مَهْدِيّ ވިދާޅުވެފައި ވެއެވެ. ((مررت مع شعبة برجل -يعني يحدث- فقال: كذب والله، لو لا أنه لا يحل لي أن أسكت عنه لسكت – أو كلمة معناها-))[7] {މާނައީ: [އަޅުގަނޑު ޝުޢުބާއާއެކު މީހެއްގެ ގާތުން (އޭނާ ޙަދީޘް ފޯރުކޮށްދެނިކޮށް) ދިޔައީމެވެ. އެހިނދު ޝުޢުބާ (އަންނަނިވި މާނަ ދޭހަވާ ގޮތަށް) ވިދާޅުވިއެވެ: (ޙަދީޘުގެ ނަމުގައި) އޭނާ އެ ހަދަނީ ހުސް ދޮގެވެ. ﷲ ގަންދީ ބުނަމެވެ. އޭނާއާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ ހަނުހުންނަން އަހުރެންނަށް ހުއްދަނަމަ، އޭނާއާމެދު އެއްޗެކޭ ނުބުނެ ހަނުހުރީމުހެވެ.]}
=ނުނިމޭ=
ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)
[1] ((الرسالة)) ص370.
[2] أخرجه مسلم حديث 2589 عن أبي هريرة.
[3] انظر: ((صحيح مسلم)) 14:1-28، و((الكفاية)) ص34-46، و((شرح صحيح مسلم)) للنووي 142:16-143.
[4] ((صحيح مسلم)) 17:1، و((سؤالات أبي داود)) ص197، و((التاريخ الصغير)) 283:2، و((الكفاية)) ص43.
[5] ((صحيح مسلم)) 17:1.
[6] މުތަރުޖިމު: تَهْذِيْبُ التَّهْذِيْبُ ގައި عَبَّادُ بنُ كَثِيْر އާގުޅޭ މަޢުލޫމާތުތަކުގެ ދަށުން އައިސްފައިވެއެވެ: ((قال أبو طالب، عن أحمد: هو أسوأ حالا من الحسن بن عُمارة وأبي شيبة، روى أحاديث كذِب لم يسمعها، وكان صالحا. قلت: فكيف روى ما لم يسمع؟ قال: البله والغفلة.)) މާނައީ: އަޙްމަދު ބްނު ޙަންބަލު ވިދާޅުވިކަމަށް، އަބޫޠާލިބު ވިދާޅުވި އެވެ. [އޭނާއީ، الحَسَنُ بنُ عُمَارَة އާއި أَبُو شَيْبَة އަށްވުރެ ހާލަތު ދެރަ މީހެކެވެ. އޭނާއީ ޞާލިޙު މީހެއްކަމުގައި ވިޔަސް، އޭނާ އަޑުއަހާފައިނުވާ ދޮގު ޙަދީޘްތަކެއް އޭނާ ރިވާކޮށްފައި ވެއެވެ.] އަހުރެން (އަބޫޠާލިބު) ސުއާލުކުރީމެވެ. [އޭނާ އަޑުނާހާ ޙަދީޘެއް ރިވާކުރީ ކޮންގޮތަކުންތޯއެވެ؟] ޖަވާބުގައި އަޙްމަދު ވިދާޅުވި އެވެ. [ސިކުނޑީގައި މައްސަލައެއް ހުރުމުންނާއި ޣާފިލުކަމުގެ ސަބަބުންނެވެ.] ބައްލަވާ: العسقلاني، أحمد بن علي بن حجر، تَهْذِيْبُ التَّهْذِيْبُ، تحقيق: إبراهيم الزيبق وعادل مرشد، ط1 (مؤسسة الرسالة، 1416هـ-1995م)، ج2، ص280.
[7] ((الكفاية)) ص43.