[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3

3ވަނަ ޤަވާޢިދު (ޖުމްލަ 189): أَدَوَاتُ الشَّرْطِ تُفِيْدُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ ޞީޣާތަކުން عُمُومُ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކުގެ (ޢިބާރާތްތަކުގެ) ތެރޭގައި، أَدَوَاتُ الشَّرْطِ (ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ ޞީޣާތައް) ހިމެނެއެވެ. އެގޮތުން، އެފަދަ ޞީޣާތަކަކީ، ބަހުގެ ގޮތުން އެ ޞީޣާތަކުގެ އަޞްލުން ވެސް ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކެކެވެ. އެފަދަ ޞީޣާއަކާއެކު ޝަޚުޞަކާ ޙުކުމެއް ގުޅުވައިލެވިއްޖެނަމަ، އެއިން ލާޒިމުކުރަނީ، އެ ޙުކުމް އެންމެންނަށް ނުވަތަ ހުރިހާ އެއްޗަކަށް ޢާއްމުވުމެވެ.

أَدَوَاتُ الشَّرْطِ ގެ ތެރޭގައި ގާތްގަނޑަކަށް ވިހި ޞީޣާއެއް އޮވެއެވެ. އޭގެ ތެރޭގައި، النَّكِرَةُ فِي الشَّرْطِ އާއި، الاِسْمُ المَوْصُولُ إِذَا كَانَت الصِّلَةُ فِعْلًا أَوْ ظَرْفًا އާއި، مَا އާއި، مَهْمَا އާއި، مَنْ އާއި، أَيُّ އާއި، حَيْثُ އާއި، حَيْثُمَا އާއި، أَيْنَمَا އާއި، كَيْفَمَا އާއި، مَتَى مَا އާއި، إِذَا އާއި، إِذَا مَا އާއި، إِذْمَا އަދި كُلَّمَا ހިމެނެއެވެ.

މިސާލަކަށް، މުރުތައްދުވާ އަންހެނާ ޤަތުލުކުރަންޖެހޭނެކަމުގެ ދަލީލެއްގެ ގޮތުން ޖުމްހޫރު ޢިލްމުވެރިން ނަންގަވަނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((مَنْ بَدَّلَ دِيْنَهُ فَاقْتُلُوهُ)) އެވެ. މާނައީ: [ދީން ބަދަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އޭނާ ޤަތުލުކުރާހުށިކަމެވެ.] ސަބަބަކީ، އެ ބަސްފުޅުގައި އެވާ (مَنْ) (މީހާ) އަކީ، ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ ޢިބާރާތަކަށް ވާތީއެވެ. އަދި އެއިން ދީން ބަދަލުކުރާ މީހާގެ ޙުކުމަކީ އެންމެހާ ފިރިހެނުންނަށާއި އަންހެނުންނަށް ވެސް ޢާއްމުވެގެންވާ ޙުކުމެއްގެ ގޮތުގައި ޢާއްމުކުރާތީއެވެ.

4ވަނަ ޤަވާޢިދު (ޖުމްލަ 189): الأَسْمَاءُ المَوْصُولَةُ تُفِيْدُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {الأَسْمَاءُ المَوْصُولَـةُ އިން عُمُومُ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކުގެ (ޢިބާރާތްތަކުގެ) ތެރޭގައި، الأَسْمَاءُ المَوْصُولَـةُ (ގުޅުވައިދިނުމުގެ ގޮތުން ބޭނުންކުރެވޭ ނަންތައް، ނުވަތަ ވާޞިލުކުރެވޭ ނަންތައް) ހިމެނެއެވެ. އެއީ، الَّذِي އާއި، الَّتِي އާއި، اللَّذَانِ އާއި، اللَّتَانِ އާއި، الَّذِيْنَ އާއި، اللَّاتِي އަދި اللَّائِي ފަދަ ނަންތަކެވެ. އަލްޤަރާފީ މިފަދަ ތިރީހަށްވުރެ ގިނަ ނަން ޛިކުރުކުރައްވާފައިވެއެވެ. މިއާ ޚިލާފަށް، الـحُرُوفُ المَوْصُولَـةُ (ގުޅުވައިދިނުމުގެ ގޮތުން ބޭނުންކުރެވޭ އަކުރުތައް، ނުވަތަ ވާޞިލުކުރެވޭ އަކުރުތައް) އިން ޢާއްމުކަން ލިއްބައިނުދޭކަމާ މެދު ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.

މިސާލަކަށް، ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا) (ސޫރަތުއްނިސާ: 10) މާނައީ: [ހަމަކަށަވަރުން، އަނިޔާވެރިކަމުގެ ގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.] މި ތަނުގައި الَّذِيْنَ ބޭނުންކުރެވިފައިވުމުން، އެއިން އެނގެނީ، މި އާޔަތުގައި އެވާ އިންޒާރަކީ، އަނިޔާވެރިކަމާއެކު ޔަތީމުންގެ މުދާ ކައިއުޅޭ ކޮންމެ މީހަކަށްމެ ޢާއްމުވެގެންވާ އިންޒާރެއް ކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =