ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -5-
﴿يَسْأَلُونَكَ عَنِ الْأَهِلَّةِ …﴾ [سورة البقرة ١٨٩] މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ..”. މިއާޔަތާ ގުޅޭގޮތުން ޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. “އުންމަތްތަކަށް ކަނޑައެޅިގެންވާ ވަގުތުތަކަކީ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ކަނޑައެޅުއްވި ވަގުތުތަކެވެ. – އެއީ ހުޅެވިހަނދެވެ. – ފަހެ، އެއީ މުޅި ޢާލަމަށްވާ ވަގުތުތަކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ﴿ …مَوَاقِيتُ لِلنَّاسِ…﴾ [سورة البقرة ١٨٩] މާނައީ: “އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު…