[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސޭޙަތްތެރިވުން 2

ނަސޭޙަތްތެރިވާ މީހަކީ ހިތުގެ ފުންމިނުން ނަސޭޙަތްތެރިވާ، ހިތްސާފު، އުޅުން ރިވެތި އަދި އެހެންމީހުންނާމެދު ކަންބޮޑުވާ މީހަކަށްވާނެއެވެ. އިހުގެ ބޭކަލުންގެ ދަރަޖަ މަތިވެރިވެގެން ދިޔައީ އެސަބަބާހުރެއެވެ.

އަބޫ ބަކްރު އަލްޢައްޔާޝް ވިދާޅުވިއެވެ.

“އަބޫ ބަކުރު رضي الله عنه ، ޞަޙާބީ ބޭކަލުންގެ މައްޗަށް އިސްކަން ހޯއްދެވީ ގިނަ ނަމާދުތަކާއި ރޯދަތަކެއް ހިއްޕަވައިގެނެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ކަމެއްގެ ސަބަބުންނެވެ. ވިދާޅުވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައިވީ، ﷲ ދެކެ ލޯބިވުމާއި އެއިލާހުގެ މަޚްލޫޤުންނަށް ނަސޭޙަތްތެރިވުމެވެ.”

މުޖުތަމާއަށް ނަސޭޙަތްތެރިވެ، އެ އިޞްލާޙުކުރުމަށް ލޯބިކޮށްފި މީހަކު ޝަރަފުވެރިވެގެންދާނެއެވެ. ފުޟައިލު ބުން ޢިޔާޟު ވިދާޅުވިއެވެ.

“ތިމަންބޭކަލުންކުރެ (މަތިވެރިދަރަޖަ) ލިބިވަޑައިގަތް ބޭކަލުންނަށް އެކަން ޙާޞިލުވީ ގިނަ ނަމާދުތައްކޮށް ރޯދަތަކެއް ހިފައިގެނެއް ނޫނެވެ. ނަމަވެސް ނަފްސުގެ ދީލަތިކަމާއި ހިތުގެ ސާފުކަމާ އަދި އުންމަތަށް ނަސޭޙަތްތެރިވުމުންނެވެ.”

އަދި އެއީ އެންމެ މަތިވެރި ޢަމަލުތަކުންކުރެ ޢަމަލެކެވެ. އިބްނުލް މުބާރަކާ ސުވާލު ދެންނެވުނެވެ.

“ޢަމަލުތަކުންކުރެ އެންމެ މޮޅުއިތުރީ ކޮން ޢަމަލެއް ހެއްޔެވެ؟ ވިދާޅުވިއެވެ. ﷲ ގެ ޙަޟްރަތަށް ނަސޭޙަތްތެރިވުމެވެ.” (ޢަރަބިބަހުގައި النصيحة މިލަފްޒު ބޭނުންކުރަނީ ވަރަށް ޝާމިލު މާނައެއްގައެވެ. އެގޮތުން ކަމަކަށް އިޚްލާޞްތެރިވެ، އެކަމަށް ފުރިހަމަ ސަމާލުކަންދީ، ފަރުވާކުޑަކުރުމާއި އޮޅުވާލުމާ ޚިޔާނަތެއް ނެތި، ފުރިހަމައަށް ކަމެއް އަދާކުރުމަށް މިބަސް ބޭނުންކުރެއެވެ.)

_____________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް