[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 35

ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:

“من كانت له امرأتان فمال إلى إحداهما جاء يوم القيامة وشقه مائل”. [أبو داود (2/242) والترمذي (3/447) والنسائي (7/64) وابن ماجه (1/633) وصححه الحافظ ابن حجر في “بلوغ المرام” (3/310)  والألباني “إرواء الغليل ” (7/80)].

“އެމީހެއްގެ ދެ އަނބިން ތިބެ، އޭގެން އެކަކުގެ ކޮށްޅަށް އަރިވެއްޖެ މީހާ، ޤިޔާމަތް ދުވަހުން އަންނަހުށީ އޭނާގެ ހަށިގަނޑުގެ އެއް ފަޅި އަރިވެފައިވާ ޙާލުގައެވެ”.

މިޙަދީޘް ޝަރަޙަ ކުރައްވަމުން އައްއިމާމު އަލްޢައިނީ رحمه الله (855) ވިދާޅުވެފައިވެއެވެ:

“އޭގެ މާނައަނީ އެމީހާގެ އެއްފަޅި ހަމަ ހަޤީޤަތުގައިވެސް ވެއްޓިފައިވާ ޙާލުގައި އަންނަ ވާހަކައެވެ”. “عمدة القارئ” (20/199).

ކަންމިހެން ހުރިއިރު މީގެ ތިންވަނަ ފަޅިއެއްވެސް އެބައޮތެވެ. ބައެއް ފަހަރު ފުރަތަމަ އިންނަ މީހާގެ ކިބައިން ފިރިމީހާއަށް އެއްވެސް އަޅާލުމެއް ނުލިބި އަދި ފިރިމީހާގެ ޙައްޤުތަކުން އޭނާ މަޙުރޫމުވާތީ އެކަމުގެ ޙައްލެއްގެ ގޮތުން ދެވަނަ އަންބެއް ހޯދާ މީހުންވެސް ވަކި މަދެއް ނޫނެވެ. އަދި ދެވަނަ މީހަކާ އިންނަ ހިސާބުން ފުރަތަމަ މީހާ ހަނގުރާ އިޢުލާނުކޮށް މުޅި ދިރިއުޅުމުގައި ހުޅު ރޯވާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. އަދި ދެ އަނބިންގެ ދޭތެރޭ ފިރިމީހާ ތާށިވެ ނޭވާ ހޮޅިއަށް އެޅި ހާސްވެ ގޮތް ހުސްވެ މާޔޫސްވާ ހިސާބަށް ގޮސްފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. والله المستعان! ﷲ ތަޢާލާ އަޅަމެންނަށް ހިދާޔަތާއި ހެޔޮ ވިސްނުން ދެއްވާށިއެވެ!

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 34