[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވެކްސިންޖެހުން 1

ވެކްސިން ޖެހުމަކީ ހަށިގަނޑުގައި “އެންޓިބޮޑީސް” އުފައްދާދޭ ކަމެކެވެ. އޭގެ ބޭނުމަކީ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ. އެހެންކަމުން އޭގެ ޒާތުގައި ވެކްސިންއަކީ ބަލިޖައްސާ އެއްޗެއް ނޫނެވެ. ވެކްސިން ޖެހުމުން ދިމާވެދާނެ “ސައިޑް އެފެކްޓްސް” އަކީ، އެ ޖެހުމުން މުސްތަޤްބަލުގައި ލިބޭ ފައިދާތަކާ އަޅާބަލާއިރު ވަރަށް ކުޑަކަމެކެވެ.

 

” الموسوعة العربية العالمية ” ގައިވެއެވެ.

“ރައްކާތެރިކުރުން ނުވަތަ “އިމިއުނައިސޭޝަން” އަކީ ވެކްސިންއަށް ދެވިފައިވާ އެހެން ނަމެކެވެ. އަދި އޭގައި އެކުލެވިގެންވާ މާއްދާތަކުގެ ބޭނުމަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށް “އެންޓިބޮޑީސް” އުފެއްދުމެވެ. ވެކްސިންގައި ހިމެނޭ މާއްދާތަކަކީ “އެންޓިބޮޑީސްތައް” “ސްޓިމިއުލޭޓު” ކޮށްލާނެފަދަ ބާރު ހުންނަ މާއްދާއެކެވެ. ނަމަވެސް ބަލިޖައްސާވަރުގެ ބާރެއް އެއަކު ނުހުންނާނެއެވެ. ގިނަ ވެކްސިންތަކުގައި ހިމެނެނީ ބަލިޖައްސުވާ ބެކްޓީރިއާތަކެވެ. ނުވަތަ މަރުވެފައިވާ ވައިރަސްތަކެވެ. އަދި ބައެއް ވެކްސިންތަކުގައި ދިރޭ ޖަރާސީމުތައްވެސް ހިމެނެއެވެ. އެހެނަސް އެހުންނަނީ އޭގެން ބަލިނުޖެހޭވަރަށް ނިކަމެތިކޮށްލާފައެވެ. މިފަދަ ވެކްސިންތަކުގައިވަނީ ބަލިޖައްސުވާ ޖަރާސީމުތަކުން (pathogens) ނެރޭ ޓޮކްސިންތަކެވެ. އެހެނަސް ތަފާތު ކެމިކަލް ބޭނުންކޮށްގެން “ޓްރީޓްމެންޓު” ދީގެން އެހުންނަނީ ބަލިޖެއްސުމުގެ ބަދަލުގައި “އިމިއުނައިސޭޝަން” ދޭ ގޮތަށް ބަދަލުކޮށްފައެވެ.”

 

= ނުނިމޭ =

___________________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް