الحديث الرابع والثلاثون:
عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِي اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: ((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ، فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإيمَانِ(( [رَوَاهُ مُسْلِمٌ]
މާނައީ: އަބޫ ސަޢީދު އަލްޚުދްރީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
“ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.”
العلامة محمد بن صالح العثيمين – رحمه الله އާ ސުވާލު ކުރެވުނެވެ.
“من رأى منكم منكراً فليغيره بيده މި ޢިބާރާތުން ދޭހަވަނީ ކޮންމެ ޙާލަތެއްގައިވެސް މުންކަރާތެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ އަތުން އެމުންކަރާތެއް މަނާކުރަންޖެހޭ ކަމަށް ހެއްޔެވެ؟”
العلامة محمد بن صالح العثيمين – رحمه الله ވިދާޅުވިއެވެ.
“އެކަމުގެ ސަބަބުން ބޮޑު ފިތުނައެއް ނުކުމެދާނެކަމަށް ބިރުހީވާނަމަ، އެކަން އެގޮތަށް ނުކުރާހުށިކަމެވެ. އެހެނީ ފިޤްހީ ޤާޢިދާ الضرر الأشد يزال بالضرر الأخف ގައިވާ ފަދައިން މި ޙާލަތުގައި ކުޑަ ގެއްލުން ބޮޑު ގެއްލުމުގެ މައްޗަށް އިސްކުރެވޭނެއެވެ.”