[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 3 – ބުދުތަކުގެ ކިބައިން ކުއްތަންވުމަށާއި ޝަފާޢަތަށް އެދުމަކީ ޝިރުކުކުރުން)

ބުދުތަކުގެ ކިބައިން ކުއްތަންވުމަށާއި ޝަފާޢަތަށް އެދުމަކީ ޝިރުކުކުރުން

 

 

ދެވަނަ ޤަވާޢިދު

އެބައިމީހުން ބުނެއެވެ. ކުއްތަންވުމާއި ޝަފާޢަތް އެދިގެން މެނުވީ އަހަރެމެން އެތަކެއްޗަށް ދުޢާ ދަންނަވައި އެތަކެތި ޤަޞްދުކޮށް ނުހަދަމެވެ. ކުއްތަންވުމުގެ ދަލީލަކީ (އެބަހީ: އެފަދަ ތަކެއްޗަށް ކުއްތަންވުން ނަހީކުރާ ދަލީލަކީ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴾ [الزمر 3]

މާނައީ: “އަދި އެއިލާހު ފިޔަވައި އެހީތެރިންތަކެއް ބަލައިގެންމީހުން ބުންޏެވެ. ﷲގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް އަޅުކަމެއް ނުކުރަމެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ޚިލާފުވެގެންއުޅޭ ކަންތަކާދޭތެރޭގައި ﷲ، އެއުރެންގެ މެދުގައި ޙުކުމްކުރައްވާނެއެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފިރަކަށް ﷲތެދުމަގެއް ނުދައްކަވާނެއެވެ.”

ޝަފާޢަތުގެ ދަލީލަކީ (އެބަހީ: އެފަދަ ތަކެތީގެ ކިބައިން ޝަފާޢަތަށް އެދުން ނަހީކުރާ ދަލީލަކީ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿ وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ  ﴾. [يونس 18]

މާނައީ: “އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެއެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.” [1]

 

 

ފިލާވަޅުގެ އިރުޝާދުތައް

* ޝަފާޢަތަކީ: އެއީ މީހަކަށް ފައިދާއެއް ޙާޞިލުކޮށްދިނުމަށް ނުވަތަ މީހެއްގެ ކިބައިން ގެއްލުން ދުރުކޮށްދިނުމަށްޓަކައި އެހެން ފަރާތެއް މެދުވެރިކުރުމެވެ.

* ޖާހިލިއްޔަ ޒަމާނުގައި ގިނަ މީހުން ޤަބޫލުކޮށް އުޅުނީ އެބައިމީހުން އިލާހުންތަކަކީ ﷲ ގެ ޙަޟްރަތުގައި އެބައިމީހުންނަށްޓަކައި މެދުވެރިންތަކެއްކަމުގައެވެ. ފަހެ އެބައިމީހުން އެތަކެއްޗަށް އަޅުކަންކުރީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއިލާހުންތައް އެބައިމީހުންނަށް ޝަފާޢަތްތެރިވާނެކަމަށް ޤަބޫލުކޮށްގެންނެވެ. އެހެނަސް އެއީ ބާޠިލު ޢަޤީދާއެކެވެ. އެހެނީ އެއީ  ﷲ ގެ މައްޗަށް ހެދޭ ބޮޑު ދޮގެކެވެ. އަދި އެފަދަކަމެއް ކުރުމަށް އެއްވެސް ނަބީބޭކަލަކު ގޮވާލާފައި ނުވެއެވެ.

 

 

 

ސުވާލުތައް

1- “ﷲގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށާއި ޝަފާޢަތަށް އެދިގެން މެނުވީ، ތިމަންމެން އެތަކެއްޗަކަށް އަޅުކަމެއް ނުކުރަމެވެ.” މިފަދައިން ބުނެ އުޅުނީ ކޮން ބައެއް ހެއްޔެވެ؟

2- ޖާހިލިއްޔަ ޒަމާނުގެ މީސްތަކުން އެބައިމީހުންގެ ބުދުތަކާމެދު ގެންގުޅުނީ ކޮން އިޢުތިޤާދެއް ހެއްޔެވެ؟

3- ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ގެންގުޅުނު އިލާހުން އެބައިމީހުންނަށް ފައިދާ ޙާޞިލުކޮށްދޭ ހެއްޔެވެ؟ ނުވަތަ ﷲ ގެ ޙަޟްރަތުގައި އެބައިމީހުންނަށް ޝަފާޢަތްތެރިވޭ ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟

4- މީހަކު، އޭނާއާ ﷲ އާ ދެމެދަށް އެހެން ފަރާތެއް މެދުވެރިކޮށްފިނަމަ، އެފަދަ މީހަކަށް ދެވިފައިވަނީ ކޮން ނަމެއް ހެއްޔެވެ؟

5- ޖާހިލިއްޔަ ޒަމާނުގެ މީހުން އެބައިމީހުން އަޅުކަންކޮށް އުޅުނުތަކެތީގެ ކިބައިން ޝަފާޢަތަށް އެދި އުޅުނުކަމަށް ދަލާލަތުކުރަނީ ކޮން އާޔަތަކުން ހެއްޔެވެ؟

= ނުނިމޭ =

_____________________________

[1]  މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.

 

 

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥

مادة التوحيد ٦

ހަތަރު ޤަވާޢިދު – އޯޑިއޯ ޕޮރޮގްރާމް

ހަތަރު ޤަވާޢިދު ފޮތް