[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 16

 

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް އެހާ މުހިއްމު އެއްޗެއް ކަމުގައި ނުވާނަމަ އެކަލޭގެފާނަށް ހެއްދެވޭ ކުށްތައް އިޞްލާޙު ކުރުމައްޓަކައި ﷲ ތަޢާލާ ވަޙީ ބާއްވާ ލެއްވުމުގެ ބޭނުމެއް ނެތެވެ. ފަހެ އެކަލޭގެފާނަށް ހެއްދެވޭ ކުށްތައް ރަނގަޅު ކުރުމަށް އަންގަވައި ޤިޔާމަތާ ޖެހެންދެން އަންނަން ތިބިހާ މުސްލިމުން ކިޔަވާން އޮތް ޤުރްއާނުގައި އެކަން ލެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަލޭގެފާނު އެކަންކަން އިޞްލާޙު ކުރެއްވުމަށް ނުވަތަ ދެން ތަކުރާރު ނުކުރެއްވުމަށް އެކަލާނގެއަށް އެންގެވޭނެ އެނޫން ގޮތެއް ނެތީހެއްޔެވެ؟ އެކަންކަމާ އަޅާނުލައްވައި އެކަލާނގެއަށް ދޫކޮށްވެސް ލެވުނީހެއްޔެވެ؟ އެހެނެއްކަމަކު ﷲ ތަޢާލާ އެފަދައަކުން އެކަންތަކެއް ނުކުރައްވިއެވެ. އެކަލާނގެ އިރާދަކުރެއްވީ ނަބިއްޔާ صلى الله عليه وسـلم އަކީ ހުރިހާ ގޮތަކުންވެސް ނަމުނާއަކަށް ހައްދަވާށެވެ. އަދި އެކަލޭގެފާނުގެ ކިބައިން ހުރިހާ ކަމެއްގައި މީސްކުންނަށް ނަމޫނާ ދައްކަވާށެވެ. އަދި އެކަލޭގެފާނަށް ވަކިން ޚާއްޞަ ކުރެއްވިފައިވާ ކަންކަން ފިޔައި ދެން ހުރި ހުރިހާ ކަމެއްގައި މީސްތަކުން އެކަލޭގެފާނަށް ތަބާވާށެވެ. އިޤްތިދާވާށެވެ.

 

ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسـلم އަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ވިޔަސް އަދި މުސްލިމެއްގެ ޙައިޘިއްޔަތުން ވިސްނާލިޔަސް ޔަޤީންވެގެންދާ އެއްކަމަކީ، ސުންނަތަށް އިންކާރު ކުރާ މީހުންގެ އެދަޢުވާގައިވާ ގޮތަށް “ކަން ހިނގި ނަމަވެސް”، ދީނީ ގޮތުން ބަލާއިރު އަދި ބުއްދީގެ ހަމަތަކުން ބެލިޔަސް، ހަމަގައިމުވެސް އެނޫން މީހުންނަށް ވުރެ އެކަލޭގެފާނުގެ އިޖުތިހާދު ޙައްޤާ ގާތްވެ ސީދާވުން މާ އައުލާވެ އަދި ފުރުޞަތު ބޮޑުވެގެން ވެއެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވެ އެކަލޭގެފާނުގެ ސުންނަތުގައި ހިފައިގެން ލިބެން އޮތް ގެއްލުމަކީ ކޮބައި ހެއްޔެވެ؟ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. އަދި ކިއެއް، ވާނީ ފައިދާއެވެ. ލިބޭނީ ރައްކާތެރިކަމެވެ. އަދި ފަލާޙެވެ.

 

ވީއިރު އެކަލޭގެފާނު ސުންނަތަށް ޢަމަލު ކުރާ މީހާއަށް މަލާމާތް ރައްދުކޮށް ނުވަތަ އިންކާރުކޮށް އެމީހަކު ދީނުން ބޭރު ކުރުމަކީ ކޮންފަދަ ބޮޑު މަގުފުރެދުމެއް ހެއްޔެވެ. ކޮންފަދަ ބޮޑު ޢުދުވާނެއް ހެއްޔެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 15