[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 26

 

އެކަލޭގެފާނާއި އެކަލޭގެފާނުގެ ސުންނަތައް އެބޭކަލުންގެ ފާރަވެރިވެލެއްވި ފަދައިން މިދުނިޔެ މަތީގައި އެހެން އެއްވެސް ބަޔަކަށް އެއްވެސް އެއްޗަކަށް އަދި އެއްވެސް ކަމަކަށް ވެސް ފާރަވެރިވެނުލެއްވޭނެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ ރަސޫލު ބޭކަލުންނަށް ފަހު އެންމެ އަމާނާތްތެރި ތެދުވެރި އިޚްލާޞްތެރި އަދި ހުރިހާ ހެޔޮ ކަމަކަމުން އެންމެ މަތިވެރި މީސްތަކުން ނަބިއްޔާ صلى الله عليه وسـلم ގެ އަރިހުގައި ލައްވައި އެކަލޭގެފާނުގެ ޞަޙާބީން ކަމުގައި ހޮއްވަވައި ހަމަޖައްސަވާފައެވެ. އެކަން އެހެން ނުވާންވީ ކީއްވެތޯއެވެ! އެފަދަ ކައު އިތުރު ބޭކަލަކަށް، އެފަދަ މަތިވެރި އަމާނާތެއް އަދާކުރުމަށް އެހީތެވިވެދިނުމައްޓަކައި އެފަދަ މާތް ބަޔަކު ފިޔަވައި އެހެން ބަޔަކު ލާއިޤުވެ އެކަށީގެންނުވެއެވެ. އެއީ އެނޫން އެހެން އެއްވެސް ބަޔަކަށް ލިބިގެންވާ ސިފައަކާއި ޝަރަފެއް ނޫނެވެ. އެބޭކަލުންނާ މެދު އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ:

 

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾ (سورة التوبة)

“مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبع ވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހިވަޑައިގެންނެވިއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ”.

މިފަދަ މާތް މަތިވެރި ބޭކަަލުންތަކެއްގެ މައްޗަށް އެފަދަ ނުބައިވެގެންވާ އިޒްލާމެއް އެޅުވި ބައެއްގެ މައްޗަށް ލެއްވިގެންވާ ލަޢުނަތެއްގެ ބޮޑުކަމާއެވެ!

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 25