[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 25

 

ށ- ދެންފަހެ، ނަބިއްޔާގެ صلى الله عليه وسـلم ގެ ސުންނަތަކީ ދީނުގައި ޝަރުޢު ކުރެއްވިފައިވާ އެއްޗެއް ނޫންކަން ޞަޙާބީންނަށް އެނގިލެއްވިކަމަށާއި އެކަލޭގެފާނުގެ ސުންނަތް ލިޔެ ރައްކާކުރެއްވުމާ މެދުގައި އެބޭކަލުން ފަރުވާލެއް ނުބަހައްޓައި އިހުމާލުވި ކަމަށް އެމީހުން އެބުނާ ދަޢުވާއަކީވެސް ކުރީ ދަޢުވާއެކޭ އެއްފަދައިން ހަމަ ބާޠިލު ދޮގު ދަޢުވާއެކެވެ. ފަހެ އިސްލާމީ ތާރީޚުގެ ތެރެއަށް “ފީނުން” ކީއްކުރަންތޯއެވެ، އޭގެން އެމީހެއްގެ ފައިތިލަ ކިރިޔާވެސް ތެމިލާފައިވާ އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ޙަޤީޤަތަކީ، އިސްލާމީ އުއްމަތުގެ އެއްވެސް ޒަމާނެއްގައި ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތައް އިހުމާލުވެފައި ނުވާކަމެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسـلم ދުނިޔޭގެ އަލިކަން ދެކެވިޑައިގަތުމުގެ ކުރިން ވެސް ހިނގާފައި ހުރި ކަންކަމުގެ ތެރެއިން އެކަލޭގެފާނާ ސީދާ އަދި ނުސީދާކޮށް ގުޅުން ހުރި ކަންކަމާއި އެކަލޭގެފާނުގެ މައިންބަފައިންނާއި ކާބަފައިންނާއި އަދި ގާތްތިމާގެ މީހުންނާއި ކިރުމައިންގެ އެކިއެކި ވާހަކަތައް ވެސް އެވަނީ ޞަޙާބީންގެ އިތުރުން އެކަލޭގެފާނުގެ ޢަދުއްވުން ކަމުގައި ކާފިރުންގެ ކިބައިންވެސް އެކިއެކި ގޮތްގޮތުން ވާރިދުވެގެން އައިސްފައެވެ. އެވާހަކަތައް ރައްކާ ކުރެވިފައެވެ. އަދި އޭގެ އިތުރުން އޭރުގެ އެކިއެކި ބޮޑެތި ޙަޟާރާތްތަކުގެ ރަސްރަސްކަލުންނާއި ވެރިންނާއި އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ފައްޅިތަކުގެ ފާދިރީންނާއި އެނޫން މީސްމީހުންގެ މެދުގައިވެސް އެކަލޭގެފާނުގެ ވާހަކަފުޅާއި އެކަލޭގެފާނާ ބެހޭ މަޢުލޫމާތުވެސް އެކިއެކި ސިފައިގައި ހޯދައި އެއްކުރެވި އެކަކު އަނެކަކާ ދެމެދު ސިޓީބިޓީ ކުރެވިފައިވާކަމީ އެއާ މެދުގައި އިންކާރު ނުކުރެވޭވާ ފާޅުކަން ބޮޑުކޮށް ހުރި ކަންކަމެވެ. ހަމަބުއްދި ހުރި އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނޭ ވަރަށް އެވަނީ އެބައިމީހުންގެ ތާރީޚީ ފަތްފުށްތަކުގައިވެސް އެކަންކަން ލިޔެވި ރައްކާކުރެވިފައެވެ.

 

ކަންމިހެން ހުރިއިރު، އެކަލޭގެފާނުގެ ނަފުސާއި ފުރާނަފުޅައްޓަކައި އަމިއްލަ ނަފުސާއި ފުރާނައާއި އަނބިދަރީންނާއި މުދަލާއި ގެދޮރާއި މުޅި ދިރިއުޅުން ޤުރުބާން ކުރެއްވި މަތިވެރި ލޮބުވެތި މާތް ޞަޙާބީން އެކަލޭގެފާނުގެ ސުންނަތައް އިހުމާދުވިކަމަށް ބުނާ ބުނުމަކީ ކައްޒާބުންގެ ތެރެއިންވެސް އެންމެ ނުބައިވެގެންވާ ވައްތަރުގެ ކައްޒާބުން ހަދާ ކަހަލަ ބުހުތާނެވެ. އެފަދަ މީހުންގެ މިޘާލަކީ، ﷲ ތަޢާލާ ލަޢުނަތް ލެއްވި އިބިލީހުގެ އެންމެ އަރިސް ޝައިޠާނުންގެ ތެރެއިންވެސް އެންމެ އިސް އެއްޗެހީގެ މިޘާލެވެ. އެފަދަ ދޮގުތަކަކީ އެ އިބިލީހަށް ވެސް ހަނދަން ނޭނގޭވަރުގެ ދޮގު ކަމުގައި ބުނެވިއްޖެ ނަމަ އަޅުގަނޑުމެން ހައިރާނެއް ނުވެއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 24