[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 28

 

އަދި ހަމަ އެފަދައިން، ނަބިއްޔާ صلى الله عليه وسـلم ގެ ގެކޮޅު ތެރޭގައި ކަންކަން ހުުންނަ ގޮތަށް ދާންދެން އެކަލޭގެފާނުގެ ޞަޙާބީން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާ ވެސް ސުވާލުރައްވައި ހައްދަވާކަމުގެ ވާހަކައަކީ މުޅި އުއްމަތަށް މަޝްހޫރު އިތުރު ތަފުސީލަކަށް ބޭނުން ނުވާނެ ވާހަކަތަކެކެވެ. އެފަދަ ތަފުސީލުތަކަކީ ކީރިތި ޤުރްއާނުގައި ބަޔާންވެފައި ހުރި ކަންކަމެއް ނޫނެވެ. އެކަންކަމާ ބެހޭ މަޢުލޫމާތު މި އުއްމަތައް ފޯރުކޮށްދެއްވާފައި ބަޔާންކުރެވުނު މަގުން، އެކަލޭގެފާނުގެ އަހުލުވެރިންގެ މެދުވެރިކޮށް އައިސްފައިވާ ޙަދީޘްތަކުންނެވެ. އެކަލޭގެފާނުގެ ސުންނަތުންނެވެ.

 

ފަހެ ނަބިއްޔާ صلى الله عليه وسـلم ވަނީ: “لتأخذوا مناسككم”، [مسلم: 1297].

“ފަހެ، ތިޔަބައިމީހުންގެ (ޙައްޖުގެ) މަނާސިކުތައް ތިމަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން ނަގާށޭ” ، ޙަދީޘްފުޅު ކުރައްވައި ޙައްޖުގެ އަޅުކަން ކުރާނެ ގޮތް ދަސްކުރުމަށް ޞަޙާބީންނަށް އަމުރުފުޅު ކުރައްވާފައެވެ.

 

އަދި ހަމަ އެފަދައިން “ارْجِعُوا إِلَى أَهْلِيكُمْ فَعَلِّمُوهُمْ وَمُرُوهُمْ، وَصَلُّوا كَمَا رَأَيْتُمُونِي أُصَلِّي”. [البخاري: 6008].

“ތިޔަބައިމީހުންގެ އަހުވެރިން ކައިރިއަށް ތިޔަބައިމީހުން އެނބުރި ދާށެވެ. އަދި އެބައިމީހުންނަށް އުނގަންނައިދޭށެވެ. އަދި އަމުރުކުރާށެވެ. އަދި ތިމަންކަލޭގެފާނު ނަމާދު ކުރާތަން ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށޭ”، ޙަދީޘްފުޅު ކުރައްވައި ނަމާދު ކުރާނެ ގޮތް ވެސް ދަސްކުރުމަށް އަމުރުފުޅު ކުރައްވާފައެވެ.

 

ފަހެ، ދީނުގެ މައިގަނޑު އަސާސްތަކާއި ރުކުންތަކާ މެދުގައި މިފަދަ އެތައް ޙަދީޘެއް ޞައްޙަ މަގުން ރިވާވެފައި ވަނީކޮށް އެ ހުރިހާ އެއްޗެއް ބޯލައި ޖަހާފައި ސުންނަތަށް އިންކާރު ކުރާ މީހުންނަށް އެއަޅުކަންތައްތައް އަދާކުރެވޭނެ އެއްވެސް ގޮތަކީ ހަމަ ނެތް ގޮތެކެވެ. އެހެނީ އޭގެ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތަކާއި، އެއަޅުކަންތައްތައް އަދާކުރާއިރު ދިމާވާ މައްސަލަތާއި، އޮޅުން އެރުމުން ދެން ކަންކުރަން ޖެހޭ ގޮތާއި، މިފަދަ ހުރިހާ ކަމެއްގައި އެމީހުން ކަންކުރާނީ ފަހެ ކިހިނަކުން ބާވައެވެ؟ އެމީހުން އެބުނާގޮތުން ނަމަ ޞަޙާބީން ވަނީ އެފަދަ ޙާލަތްތަކުގައި އެބޭކަލަކު ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް، ނުވަތަ އެމީހަކު އެމީހަކަށް ޖެހުނު ގޮތަކަށް ކަންކުރާ ބީދައިން ކަންކުރައްވާފައެވެ. މިއީ އެބޭކަލުންގެ އިސްތަށިފުޅުގައި އަޅުވަން ކޮންފަދަ ބޮޑު އިލްޒާމެއްތޯއެވެ!!!

 

ފަހެ މަތީގައި ބަޔާންވެދިޔަ މަދު މިންވަރުން ވެސް، ސުންނަތަށް އިންކާރުކުރާ މީހުންގެ ދޮގާއި އޮޅުވާލުން ހާމަކޮށް ފެނިގެން ހިނގައްޖެއެވެ. އަދި އެމީހުންގެ އެދަޢުވާ އަކީ ބުއްދީގެ ނަޒަރަކުން ކިރާލި ކަމުގައި ވިޔަސް އެއްވެސް އޮއްޓަރެއް ނެތް ދަޢުވާއެއްކަން އެވަނީ އޮޅުމެއް ނެތް ވަރަށް ކަށަވަރުވާށެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 27