[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 37

 

އޭގެ އިތުރުން ސަޢުދު ބުނު ޢުބާދާ رضي الله عنه އާއި ޢަބްދުﷲ ބުނު އަބީ އައުފު رضي الله عنه އާއި ސަމުރަތު ބުނު ޖުންދުބު رضي الله عنه ވެސް ހިމެނެއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނުގެ ޙަދީޘްތައް ލިޔުއްވައިގެން ގެންގުޅުއްވި ޖާބިރު ބުނު ޢަބްދުﷲ އާއި [التاريخ الكبير، محمد بن إسماعيل البخاري، (تحقيق: السيد هاشم الندوي)، ج7/ ص86]، އަބޫ ރާފިޢު رضي الله عنه ގެ ކިބައިން ލިބިލެއްވި ޙަދީޘްތައް ލިޔުއްވައިގެން ގެންގުޅުއްވި އިބްނު ޢައްބާސް رضي الله عنه ވެސް ހިމެނެއެވެ. [الطبقات الكبرى، محمد بن سعد، تحقيق: إحسان عباس، دار صادر، بيروت، ج2/ ص371].

 

އަދި ހަމަ އެފަދައިން މުސްލިިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު އަލްޚައްޠާބި رضي الله عنه ގެ ކާފަ ދަރިކަނބަލެއް ކަމުގައިވާ އުއްމު ޢާޞިމްގެ ފިރިކަލުންކަމުގައިވާ ޢަދުލުވެރި ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒިގެ ޒަމާނުގައި އެކަލޭގެފާނު އަމުރުފުޅަށް ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތައް އެއްފޮތަކަށް ޖަމާކުރެއްވުނެވެ. [صحيح البخاري، كتاب العلم، باب كيف يُقبض العلم، ج1/ص49].

 

ފަހެ މިހުރީ ހައްތަހާވެސް ޢަރަބިންނެވެ. ޢަރަބި ކަރަށް އުފަން ހަތަރު ކަށިމަތި ޢަބަރިންނެވެ. އެހެންކަމުން ސުންނަތައް އިންކާރު ކުރުމައްޓަކައި އެމީހުން އެ ގެނައި ދަޢުވާގެ ބާޠިލުކަން މިވަރުންވެސް ހާމަވެގެން ދެއެވެ. މީގެ އިތުރުން، އިމާމް ޝާފިޢީއާއި އިމާމް އަޙްމަދާއި އިމާމް މުސްލިމްއާއި އިމާމް އައްތިރްމިޛީއާއި އިމާމް އަބޫ ދާވޫދާއި އަދި މަދީނަށް އުފަން އިމާމް މާލިކު އާއި މިހުރިހާ ބޭކަލުންނަކީވެސް ހުސް ޢަރަބިންނެވެ. رضي الله عنهم أجمعين.

 

މިހިސާބުން އެނގި ޔަޤީންވާ ކަމަކީ އިސްލާމީ އުއްމަތް ބައިބައި ކުރަން އަޞްލު ޙަޤީޤަތުގައި މިއުޅެނީ ސުންނަތައް އިންކާރު ކުރާ މީހުން ކަމެވެ. ދޮގު ވާހަކަތަކާއި އެއްވެސް އަޞްލެއް ޙަޤީޤަތެއް ނެތް ބާޠިލު ދަޢުވާތަކުގެ މައްޗަށް މީސްތަކުން މަގުފުރައްދައި އިސްލާމީ އުއްމަތް ނިކަމެތިކުރަން އުޅެނީ ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތަށް ކާފިރުވި މިބައިމީހުން ކަމެވެ. އެއވެސް ޙާލެއްގައި އެސުންނަތް ދިރުވައި ރައްކާތެރި ކުރި މާތް ބޭބޭކަލުންނެއް ނޫނެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 36