[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عيسى عليه السلام – ٢

ޢީސާ عليه السلام އުފަންވެ ވަޑައިގަތުން” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]

މަސްތަކެއް ވޭތުވުމަށްފަހު، ބޮލުގައިވާ ރިހުން ފިލައި ނުދިއުމުގެ ސަބަބުން، ދާނެ ނުދާނެތަނެއް ނޭނގި އެހިތާމަވެރި މާހައުލު ދޫކޮށް ނަޞްރާނަތުން އެކަމަނާ ނުކުމެވަޑައިގަތެވެ.

އެކަމަނާއަށް މާދުރުނޫން ހިސާބަކަށް ދެވުނުތަނާ، ވިހެއުމުގެ ވޭންވަރު އަތުވެއްޖެއެވެ. ހިކިފައިވާ ކަދުރުރުކެއްގެ ބުޑުގައި އެކަމަނާއަށް ފިރިހެން ދަރިއަކު ރައްކައުވެއްޖެއެވެ. އެކަމާނާ އެލޯބި ދަރިފުޅަށް ބަލާލި ވަގުތު އެކަމަނާގެ ހިތަށް ކެކުޅުން ލިބިވަޑައިގަތީ ބައްޕައަކާ ނުލައި ދަރިއަކު އުފަންވުމުންނެވެ. އެކަމަނާ ވިދާޅުވިއެވެ. “މީގެ ކުރިން އަހަރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިގެން ދިޔަނަމަ ކޮންފަދަހެއްޔެވެ.”

ކުއްލިއަކަށް އެކަމަނާއަށް ކައިރިން އަޑެއް އިވުނެވެ. ހިތާމަނުކުރައްވާށެވެ. ކަމަނާގެ ވެރިރަސްކަލާނގެ ކަމަނާއަށްޓަކައި ދަށުން ފެންއާރެއް ހިންގަވައި ދެއްވައިފިއެވެ. އަދި ކަމަނާއާ ދިމާއަށް އޮތް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލާށެވެ. އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. ފަހެ، ކަމަނާ ފަރީއްކުޅުވައި، ފެންފޮދު ހިއްޕަވައި އަދި ހިތްޕުޅު ހަމަޖައްސަވާ ގައިގެ ބާރު ލިބިގަވަޑައިގަންނާށެވެ. ކަމަނާއަށް ތިޔަ ފެނިވަޑައިގަންނަވަނީ ﷲ ގެ ކުޅަދުންވަންތަކަމެވެ. އެކަލާނގެއީ ހިކިކަދުރު ރުކަށް ދިރުންދެއްވައި ކަމަނާއަށް އޭގެން ކާންދެއްވި އިލާހެވެ. ﷲ ތަޢާލާ މެދުވެރިކުރެއްވި މިއާދަޔާ ޚިލާފު ކަންތަކުގެ ސަބަބުން އެކަމަނާގެ ހިތަށް ހިނދުކޮޅަކަށް ތަސައްލީ ލިބިވަޑައިގަނެ، އެކަމަނާގެ މައުސޫމުކަމާއި ޠާހިރުކަން ހިތަށް އިޙްސާސްވިއެވެ.

އެކަމަނާ އެނބުރި ރަށަށް ވަޑައިގަތުމަށް ޤަޞްދުކުރެއްވިއެވެ. އެހިނދު އެކަމަނާގެ ހިތަށް ބިރުވެރިކަން ރުޖޫޢަވެއްޖެއެވެ. ރަށުގެ އަހުލުވެރިންނަށް ބުނާނީ ކީކޭބާވައެވެ؟ މަންމަގެ ނުތަނަވަސްކަން ފިއްލަވައިދެއްވުމަށް އެތުއްތު ދަރިފުޅު ވާހަކަ ދައްކަން ފެށިއެވެ. “ފަހެ އިންސާނުންކުރެ އެއްވެސް މީހަކު ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ. ހަމަކަށަވަރުން، ރަޙްމާންވަންތަ އިލާހަށްޓަކައި ރޯދައަށް ހުރުމަށް (އެބަހީ: ހަނު ހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާ ހުށީމެވެ.” މިމުޢުޖިޒާތުގެ ސަބަބުން މަރްޔަމް عليها السلام ގެހިތަށް ހިތްހަމަޖެހުން ރުޖޫޢަވެއްޖެއެވެ.

އެކަމަނާ ހީކުރެއްވިގޮތަށް، ރަށަށް ވަދެވަޑައިގެން ހިނދު، އެކަމަނާގެ އަތުގައިވާ ދަރިފުޅު ފެނުމުން މީސްތަކުންގެ މަލާމާތް ރައްދުވިއެވެ. އެމީހުން އެކަމަނާއަށް ހަޅޭއްލަވައި ގޮވިއެވެ. “އޭމަރްޔަމެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ބޮޑުވެގެންވާ ނުބައިކަމަކާއިގެންނެވެ. އެހިނދު އެކަމަނާގެ އިނގިލިފުޅު ތުންފަތުގައި ޖެއްސެއްވުމަށްފަހު، އެދަރިކަލުންނަށް އިޝާރާތްކޮށްލެއްވިއެވެ. އެއުރެން ބުންޏެވެ. ޅަފަތުގެ ދާނުގައިވާ ކުއްޖަކާ ތިމަންމެން ވާހަކަ ދައްކާނީ ކިހިނަކުން ހެއްޔެވެ؟ އެތުއްތު ދަރިކަލުން ވާހަކަ ދައްކަން ފެށިއެވެ. ފަހެ، އެމީހުންނަށް ބޮޑުވެގެންވާ މުޢުޖިޒާތެއްގެ ހައިރާންކަން ލިބުނެވެ. އެދަރިކަލުން ވިދާޅުވިއެވެ. “ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާއަށް ފޮތްދެއްވިއެވެ. އަދި ނަބިއްޔަކުކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާވީ ކޮންމެ ތަނެއްގައި ބަރާތްލައްވާފައިވާ އަޅަކު ކަމުގައި މިއަޅާލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި ޒަކާތް ދިނުމަށް މިއަޅާއަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި މިއަޅާގެ މަންމައަށް ހެޔޮކޮށްހިތާ މީހަކު ކަމުގައިވުމަށްވެސްމެއެވެ. އަދި މިއަޅާއަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައިވެސް ނުލައްވައެވެ. މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުގަންނަވާ ދުވަހުގައްޔާއި، އަލުން ފޮނުއްވާ ދުވަހުގައި މިއަޅާގެ މައްޗަށް ސަލާމް ހުއްޓެވެ.”

ގިނަބަޔަކު ޤަބޫލުކުރިގޮތުގައި އެކުއްޖާފުޅަކީ އާދަޔާ ޚިލާފުކުއްޖެކެވެ. އެކުއްޖާއަށްޓަކައި ﷲ ކޮންމެވެސް ކަމެއް ފޮރުއްވަވާފައިވެއެވެ. އެކަލާނގެ ކަމެއްވުމަށް އިރާދަކުރައްވައިފިނަމަ، ވަޙީކުރައްވާނީ ވާށޭ އެކަންޏެވެ. ދެން އެކަމެއް ވެދެއެވެ. އެހެންކަމުގައިވިޔަސް އެޤައުމުގެ ބައެއް މީހުން ދެކުނުގޮތުގައި އެކަމަނާ އެހެއްދެވީ ހީލަތެކެވެ. އެހެނެއްކަމަކު އެންމެ ކުޑަމިނުން މިކަމުގެ ސަބަބުން މަލާމާތް ނުލިބި ހަމަޖެހިލައިގެން ނަޞްރާނަތުގައި ދިރިއުޅެވޭނެގޮތް މެދުވެރިވިއެވެ.

ޔަހޫދީންގެ ހަބުރުން ދެކުނު ގޮތުގައި މިކުއްޖާއަކީ ވަރަށް ނުރައްކާތެރި ކުއްޖެކެވެ. އެއީ ޢީސާ عليه السلام ގެ ސަބަބުން އެމީހުންގެ ތެރޭގައި ހުރި ކުފުރުގެ ކަންތައްތަކާއި ތަޙްރީފުކޮށްފައިވާ ޢަޤީދާތައް ފުހެވި އަލުން ތަވްޙީދުގެ ޢަޤީދާއަށް މީސްތަކުން އެނބުރި އައިސްދާނެތީއެވެ. އަދި ހަމައެފަދައިން އެބައިމީހުން މީސްތަކުންގެ މައްޗަށް ފޯރުވަމުންދިޔަ ބާރުވެރިކަން ނެތިގެން ހިނގައިދާނެތީއެވެ. އެހެންކަމުން ހަބުރުން ޢީސާ عليه السلام ފެންކޮށީގައި އޮންނަވާ ވާހަކަ ދެއްކެވިކަން ސިއްރުކޮށް، މަރްޔަމް عليها السلام ގެ ބޮލުގައި ބޮޑުވެގެންވާ ފާފައެއްގެ ތުހުމަތު އެޅުވިއެވެ.

ބުނެވޭގޮތުގައި ޔޫސުފްއޭ ކިޔުނު ވަޑިއަށް މިޚަބަރުލިބުމުން ވަރަށް ހައިރާންވިއެވެ. އެހެންވެ އޭނާ މަރްޔަމް عليها السلام އާއި ސުވާލުކުރިއެވެ. “އޮށެއްނެތި ގަހެއް ފަޅައިފާނެ ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އާނއެކެވެ. އެންމެ ފުރަތަމަ ﷲ އުފެއްދެވީ ގަހެވެ.” އަނެއްކާ އޭނާ ސުވާލުކުރިއެވެ. “ފިރިހެނަކާއި ނުލައި ދަރިއަކު އުފަންވެދާނެ ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އާނއެކެވެ. ﷲ އާދަމްގެފާނު އުފެއްދެވީ ފިރިހެނަކުވެސް އަދި އަންހެނަކުވެސް މެދުވެރި ނުކުރައްވައެވެ!”

=ނުނިމޭ=

ލިޔެ ޖަމާކުރީ:

އަަޙްމަދު ޙުސައިން

ޢަބްދުﷲ ނަސީފް


މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

މިލިޔުމުގެ އެހެން ބައިތައް