[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 55

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 55

 

 

ހަމަ އެފަދައިން ނަމާދު އިތުރުން ޒަކާތާއި، ޒަކާތް ދައްކަން ޖެހޭ މިންވަރާއި މުދަލުގެ ނިޞާބު ހަމަވާ މިންވަރާއި ޙައުލު (އަހަރު) ހަމަވާ ގޮތުގެ އިތުރުން ޙައްޖާއި ޢުމްރާގެ މަނާސިކުތަކާއި، ރޯދައާ ގުޅޭ ހުރިހާ ތަފުސީލުތަކެއް ޤުރްއާނުގައި ފެންނަން ނެތީ ކީއްވެބާއެވެ؟ މިހުރިހާ ކަމެއްގެ ތަފުސީލު އެފޮތުގައި ހިމެނުއްވި ނަމަ، އެފޮތް އުފުލައި ހަދާނީ ކިހިނެތްބާވައެވެ؟ އެފޮތް އަޅުކަމެއްގެ ގޮތުގައި ކިޔައި ނިންމަން ބޭނުންވާ މީހަކަށް އެފޮތް ކިޔައި ނިންމޭނީ ކިތައް އަހަރުން ބާވައެވެ؟ އާއްމު ފަޤީރު މީހަކަށް އެވަރުގެ ބޮޑު ބޯ ފޮތެއް، ޚާއްޞަކޮށް އެޒަމާނުގައި ދުވަހެއްގެ ކޮޅުންވެސް ލިބޭނެ ބާވައެވެ؟

 

މިވަރުން ވެސް ޢަދުލުވެރި ބުއްދިއަކަށް ، މިބައިމީހުންގެ ދަޢުވާއަށް ބާރުދޭން މިބޭނުން ކުރި އާޔަތްތަކުގެ ޙަޤީޤީ މާނައަކީ ކޮބައިކަން ބަލާފައިނުވާކަމާއި، އެއާޔަތްތަކުގެ މަފްހޫމުވެސް ދޭހަވެފައި ނުވާ ކަށަވަރުވެ ޔަޤީންވާނެއެވެ. ފަހެ އެމީހުން ހަމައެކަނި ކޮށްފައިވާހާވެސް ކަމަކީ؛ އެމީހުން ބޭނުންވާ މަޤްޞަދާ ގުޅޭނެހެން ކިރިޔާވެސް ހީވާ ވަކިވަކި އާޔަތްތަކާއި އެއާޔަތްތަކުގެ ތަންތަންކޮޅު ބުރިބުރިކޮށްގެން ޤުރްއާނުގެ އެކިއެކި ހިސާބުން ހޮވައިގެން އެމީހުންގެ ހަވާ ނަފުސަށް ފެންނަ ގޮތަކަށް ބޭނުންކޮށްފައި ވުމެވެ. އެހެން ހެދުމުގެ ސަބަބުން އާޔަތްތަކުގެ އަސްލު ޙަޤީޤީ ޞީޣާއާއި މާނައިން އެއާޔަތްތައް އެވަނީ އެއްކިބާ ކުރެވި އެއްކައިރި ކުރެވިފައެވެ. ފަހެ އޭގެ ސަބަބުން ޤުރްއާނުގެ އެއް އާޔަތް އަނެއް އާޔަތާ ފުށުއަރައިގެން ދާނެއެވެ. އެއީ ﷲ ތަޢާލާ އެ ބާއްވައިލެއްވި ތަރުތީބާއި މުރާދުން ވެސް ފޭކުރީތީއެވެ.

 

ކޮންމެއަކަށް އެބައިމީހުންގެ ދަޢުވާތަކަށް ވާގިދޭން ނެތި އާޔަތްތަކަށް ވަކިވަކިން ބަލާލަމާ އެވެ؛

 

ހ- އެމީހުން ބޭނުން ކުރި އާޔަތްތަކުގެ ތެރެއިން ފުރަތަމަ އާޔަތް ދަންނައެވެ:

 

(…مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ…) [الأنعام : 38].

“ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދޫ ނުކުރައްވަމެވެ”.

 

(އެމީހުންގެ ނަޒަރުގައި) އެއާޔަތުގައި އެވަނީ ޤުރްއާނުގައި އެއްވެސް އެއްޗެއް ދޫނުކުރައްވާ ކަމަށް ﷲ ތަޢާލާ އަންގަވާފައެވެ. ކިތަންމެ ކުޑަޔަސް ބޮޑަސްއެވެ. މިއާޔަތް އެއްކޮޅުން ފެށިގެން ނުކިޔައި ބަޔާންކޮށްފައި އެވާ ކަލިމަތަކަށް އެކަނި މަތިމަތިން ބަލާލާ މީހަކަށް ފަހަރެއްގައި އެހެން ވިސްނުމުގެ ފުރުޞަތު އޮވެދާނެއެވެ.

 

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 54