[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 3

އިސްލާމްވެވަޑައިގަތުން

 

އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ވުރެ ކުރިން، ޚަދީޖާ رضي الله عنها އާއި ޢަލީ رضي الله عنه އިސްލާމްވެވަޑައިގެންނެވިކަމުގައި ބައެއް މުއައްރިޚުން ވިދާޅުވެއެވެ. ފަހެ އެ ބޭފުޅުން ވިދާޅުވާ ގޮތުން، ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީ އަބޫބަކުރުގެފާނެވެ. އަދި ކުޑަކުދިންގެ ތެރެއިން ޢަލީގެފާނެވެ. އަދި އަޅުންގެ ތެރެއިން ޒައިދު ބުން ޙާރިޘާއެވެ. އަދި އަންހެންކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނެވެ. [1]

އިސްރާގެ ޙާދިޘާގައި ޤުރައިޝުން ނަބިއްޔާ صلى الله عليه وسلم ދޮގުކޮށް، އަދި ބައެއް މުސްލިމުންވެސް އެ ޚަބަރު ތެދުކުރުމުގައި ފަސްޖެހިފައިވަނިކޮށް، އަބޫބަކުރުގެފާނުގެ އެކަން ތެދުކުރެއްވުމުގައި އަވަސްވެވަޑައިގެންނެވުމަކީ އެކަލޭގެފާނުގެ އީމާންތެރިކަން ދަލީލުކޮށްދޭ އެންމެ ބޮޑު އެއް ހެއްކެވެ.

އަބުއްދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ بَعَثَنِي إِلَيْكُمْ فَقُلْتُمْ كَذَبْتَ، وَقَالَ أَبُو بَكْرٍ صَدَقَ، وَوَاسَانِي بِنَفْسِهِ وَمَالِهِ، فَهَلْ أَنْتُمْ تَارِكُوا لِي صَاحِبِي» مَرَّتَيْنِ. [2]

މާނައީ: “ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު ފޮނުއްވިއެވެ. ފަހެ، ތިޔަބައިމީހުން ބުންޏެވެ. ކަލޭގެފާނު ދޮގު ހަދަނީއެވެ. އަދި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު އެވިދާޅުވަނީ ތެދެފުޅެވެ. އަދި އެކަލޭގެފާނުގެ ނަފްސާއި މުދަލުން ތިމަންކަލޭގެފާނަށް ވާގިވެރިވިއެވެ. ފަހެ ތިމަންކަލޭގެފާނަށްޓަކައި، ތިމަންކަލޭގެފާނުގެ އެކުވެރިޔާ (އަށް އުނދަގޫ ނުކޮށް) ދޫކޮށްލާށެވެ.” އެފަދައިން ދެފަހަރު ޙަދީޘް ކުރެއްވިއެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

[1] ބައްލަވާ:  الإصابة لابن حجر (1 / 84).

[2]  رواه البخاري (3661).