[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 7

ހަތަރުވަނައީ: މީސްތަކުންނަށް އިސްލާމްދީން ފޯރުކޮށް ދެއްވުމަށް ކުރެއްވި ޖިހާދު

އަބޫބަކުރު رضي الله عنه ގެ މުޅި ޙަޔާތް ވޭތުކުރެއްވީ އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގައެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތަށް ނަޒަރު ހިންގާލުމުން، އެންމެ ފާހަގަ ކޮށްލެވޭ ކަންކަން ފެންނަންހުރީ މި ބާބުގައެވެ. އެގޮތުން ޞަޙާބީންގެ ތެރެއިން އިސް ބޭކަލުންތަކެއް އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމުވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޢުޘްމާން ބުން ޢައްފާން، އައްޒުބައިރު ބުން އަލްޢައްވާމު، ޢަބްދުއްރަޙްމާން ބުން ޢައުފު، ސަޢުދު ބުން އަބީ ވައްޤާޞް، ޠަލްޙަތު ބުން ޢުބައިދުﷲ އަދި އެނޫން ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. رضوان الله عليهم أجمعين.

އަދި ހަމައެއާއެކު، މުޝްރިކުންގެ ކިބައިން ބަރީޢަވެގެންވާކަންވެސް އެކަލޭގެފާނު އިޢުލާން ކުރެއްވިއެވެ.

ހިޖުރައިން 9 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަންއަދާކުރުމުގައި މީސްތަކުންގެ އަމީރަކީ އެކަލޭގެފާނެވެ. އަދި މި އުންމަތުގެ ޝަރީޢަތާއި އަސާސް އަދި ހިދާޔަތް ކަމުގައިވާ ޤުރުއާން، އެއް ފޮތަކަށް އެންމެ ފުރަތަމަ ޖަމާކުރެއްވީ އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައެވެ.

އޭގެ އިތުރުން އެކަލޭގެފާނުވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން 142 ޙަދީޘް ރިވާކުރައްވާފައެވެ. [1]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  انظر: مقدمة مسند بقي بن مخلد، تحقيق د. أكرم العمري (ص: 82).