[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 8

ފަސްވަނައީ: އަބޫބަކުރުގެފާނުގެ މާތްކަން ވާރިދުވެފައިވާ ބައެއް ނައްޞުތައް

 

 

އެކަލޭގެފާނުގެ މާތްކަން ވާރިދުވެފައިވާ ނައްޞުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ނައްޞުތަކަކީ:

ހ. ޢަމްރު ބުން އަލްޢާޞް رضي الله عنه ގެ އަރިހުން ޞަޙީޙު މުސްލިމުގައި ރިވާކުރައްވާފައިވެއެވެ.

أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، بَعَثَهُ عَلَى جَيْشِ ذَاتِ السَّلَاسِلِ، فَأَتَيْتُهُ فَقُلْتُ: أَيُّ النَّاسِ أَحَبُّ إِلَيْكَ؟

قَالَ: «عَائِشَةُ»

قُلْتُ: مِنَ الرِّجَالِ؟

قَالَ «أَبُوهَا»

قُلْتُ: ثُمَّ مَنْ؟

قَالَ: «عُمَرُ» فَعَدَّ رِجَالًا. [1]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ޛާތުއްސަލާސިލުގެ ލަޝްކަރުގައި އެކަލޭގެފާނު ފޮނުއްވިއެވެ. ފަހެ، (ނަބިއްޔާ صلى الله عليه وسلم ގެ) އަރިހަށް އައިސް، ތިމަންކަލޭގެފާނު ދެންނެވީމެވެ. މީސްތަކުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވަނީ ކޮން ބޭކަލެއް ދެކެ ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢާއިޝަތުގެފާނެވެ.”

ތިމަންކަލޭގެފާނު ދެންނެވީމެވެ. ފިރިހެނުންގެ ތެރެއިން ކޮންބޭކަލެއް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކަމަނާގެ ބައްޕާފުޅެވެ.”

ތިމަންކަލޭގެފާނު ދެންނެވީމެވެ. ދެން ކޮންބޭކަލެއް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢުމަރުގެފާނެވެ.” ދެން އެއަށްފަހުގައިވެސް ބޭކަލުންތަކެއްގެ ނަން ޛިކުރުކުރެއްވިއެވެ.

 

ށ. މުޙައްމަދު ބުން ޖުބައިރު ބުން މުޠުޢިމު، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ.

أَتَتِ امْرَأَةٌ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَمَرَهَا أَنْ تَرْجِعَ إِلَيْهِ.

قَالَتْ: أَرَأَيْتَ إِنْ جِئْتُ وَلَمْ أَجِدْكَ؟

كَأَنَّهَا تَقُولُ: المَوْتَ، قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنْ لَمْ تَجِدِينِي فَأْتِي أَبَا بَكْرٍ» [2]

މާނައީ: އަންހެނަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހުން އައުމަށް އެ އަންހެންމީހާއަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.

އެމީހާ ދެންނެވިއެވެ. “ތިމަން އަންނައިރު ކަލޭގެފާނު ނުފެނިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟”

އެމީހާގެ މުރާދަކީ އެކަލޭގެފާނު އަވަހާރަވެއްޖެނަމައެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ނުފެނިއްޖެއްޔާ ފަހެ، އަބޫބަކުރުގެފާނުގެ އަރިހަށް ދާށެވެ.”

 

ނ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا، لاَتَّخَذْتُ أَبَا بَكْرٍ، وَلَكِنْ أَخِي وَصَاحِبِي». [3]

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުން ޚަލީލަކު (ގާތް އެކުވެރިޔަކު) އިޚްތިޔާރުކުރައްވާނަމަ ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވާނީ އަބޫބަކުރުގެފާނެވެ. އެހެނެއްކަމަކު އެއީ ތިމަންކަލޭގެފާނުގެ އަޚާ އަދި އެކުވެރިޔާއެވެ.”

 

ރ. ޤަތާދާ رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. އަނަސް ބުން މާލިކު رضي الله عنه އެބޭކަލުންނަށް ކިޔައިދެއްވިއެވެ.

صَعِدَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُحُدًا وَمَعَهُ أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ، فَرَجَفَ، وَقَالَ: «اسْكُنْ أُحُد – أَظُنُّهُ ضَرَبَهُ بِرِجْلِهِ -، فَلَيْسَ عَلَيْكَ إِلَّا نَبِيٌّ، وَصِدِّيقٌ، وَشَهِيدَانِ». [4]

މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު އުޙުދު ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ. ފަހެ، (އުޙުދު ފަރުބަދަ) ތެޅެންފެށުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އުޙުދެވެ. ހުއްޓޭށެވެ. – އެކަލޭގެފާނުގެ ފައިންޕުޅުން ޖެއްސެވިހެން ތިމަންކަލޭގެފާނަށް ހީފުޅުވިއެވެ. – ފަހެ، ނަބިއްޔަކާއި ޞިއްދީޤަކާ އަދި ދެ ޝަހީދުން ފިޔަވާ އެހެން ބަޔަކު ތިބާގެ މަތީގައި ނުވެއެވެ.”

 

ބ. އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«كُنَّا نُخَيِّرُ بَيْنَ النَّاسِ فِي زَمَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَنُخَيِّرُ أَبَا بَكْرٍ، ثُمَّ عُمَرَ بْنَ الخَطَّابِ، ثُمَّ عُثْمَانَ بْنَ عَفَّانَ رَضِيَ اللَّهُ عَنْهُمْ». [5]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ބޭކަލަކީ ކޮބައިތޯ، ތިމަން ބޭކަލުންގެ މެދުގައި ވާހަކަދައްކާ އުޅުއްވީމެވެ. އެގޮތުން އެންމެ ހެޔޮބޭކަލަކީ އަބޫބަކުރުގެ ފާނުކަމުގައި ބުނެ އުޅެއެވެ. ދެން ޢުމަރު ބުން އަލްޚައްޠާބެވެ. ދެން ޢުޘްމާނު ބުން ޢައްފާނު އެވެ. رَضِيَ اللَّهُ عَنْهُمْ.”


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]رواه البخاري(3662)، ومسلم (8 – (2384)).

[2]  رواه البخاري (3659).

[3]  رواه البخاري (3656).

[4]  رواه البخاري (3699).

[5]  رواه البخاري (3655).