[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 10

އެކަލޭގެފާނުގެ ސިޔާސަތު” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޢާންމު ބައިޢަތަށް ފަހު، އަބޫބަކުރު رضي الله عنه މީސްތަކުންނަށް ޚުޠުބާ ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“فَإِنِّي قَدْ وُلِّيتُ عَلَيْكُمْ وَلَسْتُ بِخَيْرِكُمْ فَإِنْ أَحْسَنْتُ فَأَعِينُونِي وَإِنْ أَسَأْتُ فَقَوِّمُونِي، الصِّدْقُ أَمَانَةٌ، وَالْكَذِبُ خِيَانَةٌ، والضَّعيف فيكم عندي حتى أرجِّع عَلَيْهِ حقَّه إِنْ شَاءَ اللَّهُ، وَالْقَوِيُّ فِيكُمْ ضعيف [عندي] حَتَّى آخُذَ الْحَقَّ مِنْهُ إِنْ شَاءَ اللَّهُ، لَا يَدْعُ قَوْمٌ الْجِهَادَ فِي سَبِيلِ اللَّهِ إلا خذلهم اللَّهُ بالذُّل، وَلَا تَشِيعُ الْفَاحِشَةُ فِي قَوْمٍ إِلَّا عمَّهم اللَّهُ بِالْبَلَاءِ، أَطِيعُونِي مَا أَطَعْتُ اللَّهَ وَرَسُولَهُ، فَإِذَا عَصَيْتُ اللَّهَ وَرَسُولَهُ فَلَا طَاعَةَ لِي عَلَيْكُمْ، قُومُوا إِلَى صَلَاتِكُمْ يَرْحَمْكُمُ اللَّهُ”.[1]

މާނައީ: ” ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއެއް ކަމުގައި ތިމަންކަލޭގެފާނު އިސްކުރެވިއްޖެއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއެއް ނޫނެވެ.[2] ފަހެ، ތިމަންކަލޭގެފާނު ރަނގަޅަށް ޢަމަލުކޮށްފިނަމަ، ތިމަންކަލޭގެފާނަށް ވާޤިވެރިވެ އެހީތެރިވެދޭށެވެ. އަދި ތިމަންކަލޭގެފާނު ނުބައިކޮށް ޢަމަލުކޮށްފިނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެކަން ރަނގަޅުކޮށްދޭ ހުށިކަމެވެ. ތެދުވެރިކަމަކީ އަމާނާތެކެވެ. އަދި ދޮގުހެދުމަކީ ޚިޔާނާތެކެވެ. ފަހެ ﷲގެ އިރާދަފުޅާއެކު، މީހެއްގެ އަތުން ލިބެންޖެހޭ ޙައްޤު އަނބުރާ ލިބިއްޖެއުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ބަލިކަށި މީހަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ގަދަފަދަ މީހެކެވެ. އަދި ﷲގެ އިރާދަފުޅާއެކު، އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިންވާ ގަދަފަދަ މީހަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ބަލިކަށި މީހެކެވެ. ﷲގެ މަގުގައި ޖިހާދުކުރުން ބަޔަކު ދޫކޮށްލައިފިނަމަ، ﷲ އެބައިމީހުން ނިކަމެތި ކުރައްވައެވެ. އަދި ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފާޅުވެ ފެތުރިއްޖެނަމަ، ﷲ އެބައިމީހުންގެ މައްޗަށް މުސީބާތްތައް ޢާންމު ކުރައްވައެވެ. ތިމަންކަލޭގެފާނު ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރާ ކަންކަމުގައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ. ފަހެ، ތިމަންކަލޭގެފާނު، ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދޭހިނދު، ތިމަންކަލޭގެފާނަށް ކިޔަމަންތެރިވުމެއް ތިޔަބައިމީހުންގެ މައްޗަކަށް ނުވެއެވެ. ތިޔަބައިމީހުން ނަމާދަށް ތެދުވާ ހުށިކަމެވެ. ﷲ ތަޢާލާ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ.”

 

މިކުރު ޚުޠުބާއިން ހާމަވެގެންދަނީ ވެރިކަންކުރެއްވުމުގައްޔާއި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އަބޫބަކުރު رضي الله عنه ޚިޔާރުކުރެއްވި މަގެވެ. އެގޮތުން މިޚުޠުބާގައި އަލިއަޅުވާލައިފައިވާ މައިގަނޑު އަސާސީ ނުކުތާތަކަކީ:

  1. ޚިލާފަތަކީ ޝަރަފެއް ނޫންކަމާއި، އެއީ ތަކުލީފެއްކަން.
  2. މުސްލިމުން ތެދުވެރިވެވާންޖެހޭނެކަން ކަށަވަރުކޮށްދެއްވުން. އެއީ އެބައިމީހުންގެ ޚާލިޤުވަންތައިލާހުގެ ޙައްޤުތަކުގައްޔާއި ވެރިޔާގެ ޙައްޤުތަކުގައްޔާ އަދި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގައިވެސްމެވެ.
  3. މުސްލިމުންގެ މެދުގައި ޢަދުލު ޤާއިމުކުރެއްވުން.
  4. ހެޔޮކަންތައް ކުރުމާއި ތަޤުވާވެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވުން.
  5. ﷲ ގެ މަގުގައި ޖިހާދު ކުރުމުގެ އަހަންމިއްޔަތާ އަދި އެއީ ދައުލަތުގެ ބާރުގަދަ ކޮށްދޭކަމެއްކަން ބަޔާންކޮށްދެއްވުން.
  6. އަޚްލާޤީ ބަލިމަޑުކަމުން އިސްލާމީ މުޖުތަމަޢު ސާފުކުރުން.
  7. މުސްލިމުންގެ ދަޢުލަތް ރައްކާތެރިކުރުމަށް ހެޔޮކަންކަމުގައި އިމާމަށް ތަބާވުމުގެ ވާޖިބުކަން.

الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  انظر: ابن كثير، البداية والنهاية، 6/305-306. وقال: هذا إسناد صحيح.

[2] މިއީ އެކަލޭގެފާނު ތަވާޟުޢުވެރިކަމުން ވިދާޅުވިބަސްފުޅެކެވެ.