[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 13

ދެވަނައީ: މުރުތައްދުވި މީހުންގެ ކަންތައް ޙައްލުކުރެއްވުން.

ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ފަހުކޮޅު ޢަރަބި ޖަޒީރާގެ ބައެއް ހިސާބުތަކުގައި މުރުތައްދުވިމީހުންގެ ފިތުނަ ފެށިއްޖެއެވެ. އޭގެ ބައެއް މިސާލަކީ ޔަމަނުގައި ފާޅުވި އަލްއަސްވަދު އަލްޢަންސީއެވެ. އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. އަދި އަލްޔަމާމާގައިވި މުސައިލިމާއެވެ. އަދި ބުޒާޚާގައިވި ޠުލައިޙާ ބުން ޚުވައިލިދު އަލްއަސަދީއެވެ.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން ޢަރަބި ޖަޒީރާގައި މުރުތައްދުވިމީހުންގެ ފިތުނަ ފާޅުވެ ފެތުރިއްޖެއެވެ. އަދި އިސްލަމްދީނުގެ މަތީގައި މަދީނާއާއި މައްކާ އަދި ޠާއިފު މެނުވީ ސާބިތުވެފައި ނެތެވެ.[1]

އަބޫބަކުރު رضي الله عنه، މުރުތައްދުވި މީހުންގެ ކަންތައް ޙައްލުކުރެއްވި ގޮތުގެ ތަފްޞީލަށް ދިއުމުގެ ކުރިން އެފިތުނައިގެ ސަބަބުތަކަށް ނަޒަރު ހިންގާލުން ރަނގަޅުކަމުގައި ދެކެމެވެ.

 

މުރުތައްދުވި މީހުންގެ ފިތުނައިގެ ސަބަބުތައް

  1. ނަބިއްޔާ صلى الله عليه وسلم އަވަހާރަވުން. ދެން ހުރި ސަބަބުތައް ފާޅުވެ ފެތުރުނީ މިކަމުގެ ސަބަބުންނެވެ.
  2. ފަހުން އިސްލާމުވުން. ދެންހުރި ސަބަބުތައް އެނބުރި ރުޖޫޢަވަނީ މިސަބަބަށެވެ. މުރުތައްދުވީ މީހުންގެ ހިތުގައި އީމާންކަން ބިންވަޅުނެގިފައިވީނަމަ، ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެބައިމީހުން މުރުތައްދުވާންވީ ކީއްވެ ހެއްޔެވެ؟
  3. ޒަޢާމަތާއި ރިޔާސަތަށް ލޯބިކުރުން. ނަބިއްޔާ صلى الله عليه وسلم އަށް ޚާއްޞަވެފައިވާ ޝަރަފެއްގައި އެކަލޭގެފާނާ ވާދަކޮށް ނަބީކަމަށް ދަޢުވާކުރަން ޖެހުނީ މިކަމުގެ ސަބަބުންނެވެ.
  4. ތަޢައްޞުބާއި ޤަބީލާވަންތަކަން. ނަބިއްޔާ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުން ޤުރައިޝް ވަންހަ ފާޅުވެ ފާހަގަވެފައިވުމުން، އަލަށް އިސްލާމްވި ބައެއް ޤަބީލާތަކުން އެފަދަ ޝަަރަފެއް ލިބުމަށް އެދުނެވެ. އެއީ ދޮގު ހަދައިގެން ނަބީކަމަށް ދަޢުވާ ކުރުންކަމުގައި ވިޔަސްމެއެވެ. އެގޮތުން ބަނޫ ޙަނީފާގެ މީހުން ބުންޏެވެ. “ރަބީޢާ ވަންހައިގެ ދޮގުވެރިޔަކު، މުޟަރު ވަންހައިގެ ތެދުވެރިޔަކަށްވުރެ ހެޔޮވެގެންވެއެވެ.”
  5. ޒަކާތް ދިނުމަކީ ބުރަކަމަކަށް ހެދުން. އެބައިމީހުން ދެކުނު ގޮތުގައި ޒަކާތަކީ ނަބިއްޔާ صلى الله عليه وسلم އަށް އަދާކުރަން ޖެހުނު އެއްޗެކެވެ. އެހެންކަމުން އެކަލޭގެފާނު އަވަހާރަވުމުން ޒަކާތް ދިނުން ހުއްޓާލަން ޖެހެއެވެ.[2]

الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  د. أكرم العمري، عصر الخلافة الراشدة، ص: 369.

[2]  د. أكرم العمري، عصر الخلافة الراشدة، ص: 360.