[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 15

މުރުތައްދުވި ޠުލައިޙާ ބުން ޚުވައިލިދު އަލްއަސަދީގެ ކަންތައް ހައްލުކުރެއްވުން

ޠުޙައިލާއަކީ ކާހިނެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ ނަބީކަމުގެ ފަހުކޮޅު، އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. އަދި ޢިރާޤާ ދިމާއިން ނަޖުދުގެ އިރުމަތީގައިވާ ސަމީރާއަށް އޭނާ ދިޔައެވެ. ދެންފަހެ، އޭނާ ޤަތުލުކުރުމަށް ނަބިއްޔާ صلى الله عليه وسلم، ޟިރާރު ބުން އަލްއަޒްވަރު  رضي الله عنه ފޮނުއްވިއެވެ. އެކަލޭގެފާނު އެތަނަށް ދިޔަ މަގުމަތީގައި، ނަބިއްޔާ صلى الله عليه وسلم އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުން، އެނބުރި މަދީނާއަށް ވަޑައިިގެންނެވިއެވެ. އަދި ތުލައިޙާގެ ކަންތައް ފެތުރި، ޠައްޔިއުގެ މީހުން އޭނާއަށް ތަބާވިއެވެ. ޢަަބްސާއި ޛުބްޔާނުގެ މީހުން އޭނާގެ ގާތަށް ޖަމާވިއެވެ.

ފަހެ، އަބޫބަކުރު އައްޞިއްދީޤު رضي الله عنه އޭނާގެ ގާތަށް ޚާލިދު ބުން އަލްވަލީދު ފޮނުއްވިއެވެ. ޚާލިދު ބުން އަލްވަލީދުގެ ލަޝްކަރުގައި ޢަދިއްޔު ބުން ޙާތިމު އައްޠާއީ ވިއެވެ. އެއީ ޠައްޔިއުގެ މީހުން އިސްލާމްދީނަށް ރުޖޫޢަވުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ފަހެ، ޠުލައިޙާގެ ބާރު ކެނޑި، ހަނގުރާމަ ފެށި، އޭނާ ހަލާކުވެދާނެކަން ޔަޤީންވުމުން، ހަނގުރާމައިން ފިލާ ޝާމަށް ދިޔައެވެ. އަދި އެއަށްފަހު އޭނާ އިސްލާމްވެ ރަނގަޅު ގޮތުގައި އުޅުނެވެ. [1]


الخلفاء الراشدون لسليمان بن عبد الله الروميމިލިޔުމުގެ އެހެން ބައިތައް[1]  انظر: الطبري، تاريخ الامم والملوك، 2/260-264