[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 16

މުރުތައްދުވި މާލިކު ބުން ނުވައިރާގެ ކަންތައް ހައްލުކުރެއްވުން

މާލިކު ބުން ނުވައިރާއަކީ ބަނޫ ތަމީމުގެ ވެރިންގެ ތެރެއިން ވެރިއެކެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން، އޭނާ ޒަކާތްދިނުމުން މަނާވެގަތެވެ. އަދި އަލްބުޠާޙުގައި އޭނާގެ ގާތަށް ޤައުމުގެ ބައެއް މީހުން ޖަމާވިއެވެ. ފަހެ، ޚާލިދުގެފާނު އެތަނަށް ވަޑައިގެންނެވުމުން، ބައިބައިވެ، އެބައިމީހުންގެ ގެތަކުގައި ތިބުމަށް އޭނާގެ ޤައުމުގެ މީހުންނަށް މާލިކު އަމުރުކުރިއެވެ. އެއީ ޚާލިދުގެފާނާ ބައްދަލު ނުކުރުމަށެވެ. ފަހެ، މުސްލިމުން ބަނޫ ތަމީމުގެ ގެތަކަށް ވަދެ މާލިކު އަސީރުކުރިއެވެ. އަދި ޚާލިދު ބުން ވަލީދު رضي الله عنه އޭނާއާ ވާހަކަ ދެއްކެވިއެވެ. އަދި އެއަށްފަހު މާލިކު މުރުތައްދުވެ، ޒަކާތްދިނުމަށް އިންކާރުކުރުން މަތީ ދެމިހުރިކަން ސާބިތުވުމުން އޭނާ ޤަތުލުކުރުމަށް ޟިރާރު ބުން އަލްއަޒްވަރަށް އަމުރުކުރެއްވިއެވެ. ދެން ފަހެ، މާލިކު ބުން ނުވައިރާ ޤަތުލުކުރެވުނެވެ.

ބުނެވޭ ގޮތުގައި މާލިކުގެ އަންހެނުން ލައިލާ ޢިއްދަހަމަވުމުން، ޚާލިދު ބުން ވަލީދު رضي الله عنه އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެއީ އެކަމަނާއަށް ކުރިމަތިވި މުޞީބާތުގެ ބަދަލެއްގެ ގޮތުގައެވެ.[1]


الخلفاء الراشدون لسليمان بن عبد الله الرومي

[1]  انظر: الطببري، تاريخ الأمم والملوك، 2/272-274