[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 18

ބަޙްރައިނުގައި މުރުތައްދުވި މީހުންގެ ކަންތައް ހައްލުކުރެއްވުން

ބަޙްރައިނަކީ ރަބީޢާގެ ވަރަށް ގިނަ ޤަބީލާތަކެއް ދިރިއުޅުނު ބިމެކެވެ. އޭގެ ތެރޭގައި ބަނޫ ޢަބްދު ޤައިސް އަދި ބަނޫ ބަކްރު ހިމެނެއެވެ. ބަޙްރައިންގެ އަހުލުވެރިންގެ ތެރެއިން ވަފުދުތަކެއް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ގޮސް އިސްލާމްވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم، އަލްމުންޛިރު ބުން ސާވާ އެބައިމީހުންގެ ވެރިއެއްކަމުގައި ހެއްދެވިއެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވިތާ ކުރު މުއްދަތެއްގެ ތެރޭގައި އަލްމުންޛިރު ބުން ސާވާވެސް އަވަހާރަވެއްޖެއެވެ. ދެން ފަހެ، ބަޙްރައިނުގެ އަހުލުވެރިން މުރުތައްދުވިއެވެ. ބަނޫ ޢަބްދު ޤައިސް ފިޔަވައެވެ. އެއީ އެބައިމީހުންގެ ވެރިޔަކަށް ހުރި އަލްޖާރޫދު، އެބައިމީހުން އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ބާރުއެޅުމުންނެވެ. ބަޙްރައިނުގައި މުރުތައްދުވި މީހުންގެ ޒަޢީމަކަށް ހުރީ އަލްޙުޠަމް ބުން ޟުބައިޢާއެވެ. އޭނާ، އަލްޖާރޫދާއެކު އިސްލާމްދީނުގައި ސާބިތުވެ ތިބި މީހުން ޙިޞާރުކުރިއެވެ.

ފަހެ، އަލްޙުޠަމާއި އޭނާއަށް ތަބާވީމީހުންނާ ދެކޮޅަށް އަލްޖާރޫދަށް ނަޞްރުދިނުމަށްޓަކައި އަބޫބަކުރު رضي الله عنه، އަލްޢަލާއު ބުން އަލްޙަޟްރަމީ رضي الله عنه ފޮނުއްވިއެވެ. ހަނގުރާމަ ފަށައި ނުގަނެ މަހެއް ވަންދެން މުސްލިމުން އެތަނުގައި ތިއްބެވެ. އެއްރެއަކު މުރުތައްދުވިމީހުން ރާބޮއެ މަސްތުވެގެން ތިބިކަން މުސްލިމުންނަށް އެނގުމުން، އެބައިމީހުންނަށް ހަމަލާދިނެވެ. އަދި އަލްޙުޠަމް ޤަތުލުކޮށް، ފިލަންދުވި މީހުން ބަލިކޮށް، އެބައިމީހުންގެ ކަންތައް ނިންމާލިއެވެ. ދެން ފަހެ، ބަޙްރައިނު އަލުން އިސްލާމްދީނަށް ރުޖޫޢަވިއެވެ.[1]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  انظر: الطبري، تاريخ الأمم والملوك،2/285-291.