[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 19

ޢުމާން، މަހްރާ އަދި ޙަޟްރަމައުތުގައި މުރުތައްދުވި މީހުންގެ ކަންތައް ހައްލުކުރެއްވުން

ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްފުޅުގައި ޢުމާންގެ އަހުލުވެރިން އިސްލާމްވުމުން، އަލްޖުލަންދާގެ ދެދަރިންކަމުގައިވާ ޖައިފަރާއި ޢައްބާދު، އެބައިމީހުންގެ މައްޗަށް އިސްކުރެއްވިއެވެ. އަދި އެބައިމީހުންނަށް އިސްލާމްދީން އުނގަންނައިދެއްވުމަށް ޢަމްރު ބުން އަލްޢާޞް ފޮނުއްވިއެވެ.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން ޢުމާންގެ އަހުލުވެރިން މުރުތައްދުވިއެވެ. އެބައިމީހުންގެ ވެރިއަކަށް ހުރީ ޛުއްތާޖު، ލަޤީޠު ބުން މާލިކު އަލްއަޒްދިއްޔުއެވެ. އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. ޖުލަންދާގެ ދެދަރިިން އޭނާދެކެ ބިރުން ފަރުބަދަތަކުގެ ތެރެއަށް ފިލަންދިޔައެވެ. އަދި ޖައިފަރު، އަބޫބަކުރު رضي الله عنه އަށް ސިޓީއެއް ފޮނުވިއެވެ. ދެން ފަހެ، އެކަލޭގެފާނު، ޙުޛައިފާ ބުން މިޙްޞަނާއި ޢަރްފަޖާ ބުން ހަރްޘަމާ އިސްކުރައްވާ ދެ ލަޝްކަރު އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. ޙުޛައިފާ ފޮނުއްވީ ޢުމާނަށެވެ. އަދި ޢަރްފަޖާ ފޮނުއްވީ މަހްރާއަށެވެ. އަދި އަލްޔަމާމާގައި ޢިކްރިމާގެ ލަޝްކަރު ނާކާމިޔާބުވުމުން، ޙުޛައިފާއާއި ޢަރްޖަފާގެ ފަހަތުން ފޮނުއްވިއެވެ. އަދި އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުން ލަޤީޠުގެ ކަންކަން ނިންމާ ޢުމާން އަލުން އިސްލާމްދީނަށް ރުޖޫޢަކުރިއެވެ. ދެން ފަހެ، ޙުޛައިފާ ޢުމާންގައި މަޑުކުރެއްވިއެވެ. އަދި ޢިކްރިމާ މަހްރާއަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި މުރުތައްދުވީމީހުންގެ ކަންކަން ހައްލުކުރެއްވުމަށްފަހު ޙަޟްރަމައުތުގައި މުރުތައްދުވި ކިންދާގެ ކަންތައް ނިންމެވުމަށް އަލްމުހާޖިރަށް އެހީތެރިވެ ވަޑައިގެންނެވުމުގެ ގޮތުން އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އަލްއަޝްޢަޘް ބުން ޤައިސްގެ ޒަޢާމަތުގެ ދަށުގައިވި ލަޝްކަރު ބަލިކުރިއެވެ. އަދި އަލްއަޝްޢަޘް މަދީނާއަށް ފޮނުވުމުން އޭނާ އެތަނުގައި އިސްލާމްވިއެވެ.[1]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް[1]  انظر: الطبري، تاريخ الأمم والملوك،2/291-293.