[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 21

މުރުތައްދުވި މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުން ފާހަގަކޮށްލެވޭ ނަތީޖާތައް

ހިޖުރައިން 11 ވަނަ އަހަރު އެއްކޮށް ހޭދަވީ މުރުތައްދުވި މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައެވެ. އެގޮތުން އެހަނގުރާމަތަކުން ފާހަގަކޮށްލެވޭ ނަތީޖާތަކަކީ:

  1. ގިނަ ޢަދަދެއްގެ ޤުރުއާން ހިތުދަސް ޞަހާބީންތަކެއް މިހަނގުރާމަތަކުގައި ޝަހީދުވިއެވެ. ޚާއްޞަކޮށް ޔަމާމާގެ ހަނގުރާމައިގައެވެ. އަބޫބަކުރު رضي الله عنه ޤުރުއާން ޖަމާކުރައްވަން މެދުވެރިވި ސަބަބަކީ މިއީއެވެ.
  2. މިފިތުނައިގެ ތެރޭގައި މީސްތަކުން ބައިބައިވުމަށްފަހު، އިސްލާމީ ދަޢުލަތުގެ އެއްބައިވަންތަކަން އަލުން އިޢާދަވީ މިހަނގުރާމަތަކަށް ފަހުގައެވެ.
  3. މިހަނގުރާމަތަކުގެ ސަބަބުން މުސްލިމުންނަށް ހަނގުރާމައިގެ އުކުޅުތަކުގެ ތަޖުރިބާލިބި އޭގެ ފަހުން އައި ފަތަޙަކުރުމުގެ ހަރަކާތްތަކަށް އެކަމުންގެ ފައިދާ ހާސިލުވިއެވެ.[1]
  4. މިހަނގުރާމަތަކުގެ ސަބަބުން ޖޯގްރަފީ ގޮތުން ޢަރަބި ޖަޒީރާ އޮތްގޮތާއި މަގުތައް ދެނެގަނެވުމުން ފަތަޙަކުރުމުގެ ހަރަކާތްތަކުގައި ލަޝްކަރުތައް ޖަމާކުރުމުގައި ފަސޭހަވެގެންދިޔައެވެ.[2]
  5. . މިހަނގުރާމައިގައި ޢަރަބި ޖަޒީރާގެ އުތުރުގައި މުސްލިމުން ފާރިސީންނާއި ރޫމީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވުމުން އޭގެފަހުން އައި ހަނގުރާމަތަކުގައި އެބައިމީހުންނާ ކުރިމަތިލުމުގައި މުސްލިމުންނަށް އަސްކަރީގޮތުން ފައިދާތަކެއް ހާސިލުވިއެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް[1]  انظر: د. أكرم العمري، عصر الخلافة الراشد، ص: 376

[2]  انظر: د. أكرم العمري، عصر الخلافة الراشد، ص: 376