އަޅުގަނޑުމެންނާ މިއަދު ބައްދަލުކޮށްފައި މިވަނީ 1432 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މާތް ﷲ އަށް ޝުކުރުވެރިވެ، އުފާފާޅުކުރުމުގެ ދުވަސްތަކެވެ. ﷲ އަށް ތަކުބީރުކިޔައި އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގެ ދުވަސްތަކެވެ. މިއުފާވެރި މުނާސަބަތުގައި ދިވެހިރާއްޖެއާއި އިސްލާމީ އުއްމަތުގެ އެންމެހައި ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ދަންނަވަމެވެ. تقبل الله منا ومنكم !
كان أصحاب النبي صلى الله عليه وسلم إذا التقوا يوم العيد يقول بعضهم لبعض : تقبل الله منا ومنك. ( قال الألباني : إسناده صحيح . ) މާނައީ : ” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބުން ޢީދު ދުވަހު އެކަކު އަނެކަކާ ބައްދަލުވެއްޖެ ނަމަ އެކަކު އަނެކަކަށް ބުނާ ކަމުގައިވެއެވެ. ( تقبل الله منا ومنك. )ﷲ ތަޢާލާ އަޅުގަނޑުމެންމާއި ތިޔަބައިމީހުންގެ ކިބައިން ޤަބޫލުކުރައްވާދޭނވެ! “