[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 25

އައްޞިއްދީޤުގެ ޚިލާފަތުގައި ޝާމްކަރަ ފަތަޙަކުރެއްވުން

މުސްލިމުންނާއި ރޫމީންގެ ގުޅުންތައް ފެށުނީ ރޫމީންގެ ވެރިޔާ، ހިރަޤްލަށް ނަބިއްޔާ صلى الله عليه وسلم ފޮނުއްވި ސިޓީފުޅުންނެވެ. އެސިޓީފުޅު ފޮނުއްވީ ދިޙްޔަތު ބުން ޚަލީފަތުލްކަލްބީގެ އަތްޕުޅުގައެވެ. މިއީ ޙުދައިބިއްޔާއިން އެނބުރި ވަޑައިގެންނެވުމަށްފަހު، ހިރަޤްލަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމަށްޓަކައި، ފޮނުއްވި ސިޓީފުޅެކެވެ. އެއީ ހިޖުރައިން ހަވަނަ އަހަރެވެ. އަދި ހަތްވަނަ އަހަރު ކަމުގައިވެސް ބުނެވެއެވެ. އެއަށްފަހު، މުއުތާ ހަނގުރާމަ ކުރެވުނީ ހިޖުރައިން އަށްވަނަ އަހަރެވެ. ދެން އެއަށްފަހު، ތަބޫކު ހަނގުރާމަ ކުރެވުނީ ހިޖުރައިން ނުވަވަނަ އަހަރެވެ. އަދި އެއަށްފަހު އުސާމާ رضي الله عنه ފޮނުއްވީ އެގާރަވަނަ އަހަރެވެ. އަދި ޚާލިދު ބުން ސަޢީދު ބުން އަލްޢާޞްއާ ރޫމީންނާދެމެދު ކުރިމަތިލުންތައް ހިނގީ ޢަރަބި ޖަޒީރާގެ އުތުރުގައި މުރުތައްދުވީމީހުންގެ ކަންކަން ހައްލުކުރުމުގެ ތެރޭގައެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް