[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ – 3

  1. ފާފަތަކުން ގުނަވަންތައް ރައްކާތެރިކުރުން

ފަހެ މިއުޒިކު އަޑު އެހުމާއި މީސްތަކުންގެ ޣީބަ ބުނާ އިރު އެވާހަކަތައް އަޑު އެހުންފަދަ ކަންކަމުން ދުރުހެލިވާށެވެ. އަދި ޙަރާމްކުރައްވާފައިވާ މަންޒަރުތައް ބެލުމުން ރައްކާތެރިވާށެވެ. އަދި ދޮގުހެދުމުން ދޫ ރައްކާތެރިކުރާށެވެ.

 

  1. ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުން ގިނަކުރުން

ކީރިތި ޤުރުއާނުގައި ވަޢުޡާއި ޢިބްރަތްވެއެވެ. އަދި އުންމީދާއި ބިރުވެތިކުރުވާފަދަ ވާހަކަތައްވެއެވެ. އަދި ވަޢުދާއި ވަޢީދުވެއެވެ. (ވަޢުދަކީ ހެޔޮ ޢަމަލުކުރާ މީހުންނަށް ހުރި ހެޔޮކަމުގެ ވާހަކައެވެ. ވަޢީދަކީ ނުބައިކަން ކުރާ މީހުންނަށް ހުރި ނުބައިކަމުގެ ވާހަކައެވެ.) ފަހެ ހަމަކަށަވަރުން ޤުރުއާން ކިޔަވަމުން ދާއިރު އެކިޔަވާ މީހާއަށް އެމާނަތައް ނުވިސްނިދާނެއެވެ. އެހެންކަމުން އެއާ މެދު ވިސްނާ ފިކުރުކުރުމަށްޓަކައި ކީރިތި ޤުރުއާނުގެ ތަފްސީރާއި މާނަ ކިޔުން ހުއްޓެވެ.

 

  1. ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުން

ޞާލިޙުންނާއެކު އުޅުމާއި ޢިލްމުވެރިން ދަރުސްތަކަށް ޙާޟިރުވުމަކީ އާޚިރަތުގެ މަގަށް ތިބާއަށް މަގު ދައްކައިދޭނޭ ކަމެކެވެ. އަދި ތިބާގެ ސަމާލުކަން ފަނާވެދަނިވި މިދުނިޔެއަށް ކުޑަކޮށްދޭނެ ކަމެކެވެ.

 

= ނުނިމޭ =

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް