[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 28

ޚާލިދު ބުން އަލްވަލީދު رضي الله عنه ޢަޒްލުކުރެއްވުން

ޔަރްމޫކު ހަނގުރާމަ ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން މަދީނާއިން ސިޓީއެއް އައެވެ. އޭގައިވީ އަބޫބަކުރު رضي الله عنه އަވަހާރަވެއްޖެކަމާއި ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ޚަލީފާކަމަށް އިސްކުރެވުނު ޚަބަރެވެ. އަދި ޝާމުކަރައަށް ފޮނުވާފައިވާ ލަޝްކަރުތަކުގެ ޤިޔާދަތުކަމުން ޚާލިދު ބުން އަލްވަލީދު رضي الله عنه ދުރުކުރައްވާ އެމަޤާމަށް އަބޫ ޢުބައިދާ ޢާމިރު ބުން އަލްޖައްރާޙް رضي الله عنه ހަމަޖެއްސެވިކަމެވެ.

މިކަމުގެ ސަބަބަކީ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ސިޔާސަތާއި އެކަލޭގެފާނުގެ ރައުޔެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ޚާލިދުގެފާނަށް ވުރެ އަބޫ ޢުބައިދާގެފާނު އެމަޤާމަށް ހަމަޖެއްސެވުމަކީ މިމަރުޙަލާގައި، އެންމެ މަޞްލަޙަތު ބޮޑު ގޮތް ކަމުގައެވެ. ކޮންމެ ކަމެއްގައިވެސްވަނީ ހެޔޮކަމެވެ.[1] އަދި ނަޞްރު ލިބެނީ ޚާލިދުގެފާނު ހުންނެވުމުންކަމަށް ބައެއް މީހުންނަށް ހީވެދާނެތީ، އެކަމުގެ ފިތުނައިން މީސްތަކުން ރައްކާތެރިކުރުމަކީވެސް އެކަލޭގެފާނުގެ މިނިންމެވުމުގެ ސަބަބެއްކަމުގައިވުން ދުރެއް ނޫނެވެ.

މިކަމަށް ދަލީލުކޮށްދެނީ ފާރިސީންގެ މައްޗަށް އަލްޤާދިސިއްޔާއާއި، އަލްމަދާއިނާ އަދި އެނޫންވެސް ތަންތަކުގައި ލިބުނު ނަޞްރަށްފަހު، ޢިރާޤުގެ ލަޝްކަރުން ސަޢުދު ބުން އަބޫ ވައްޤާޞް رضي الله عنه ޢަޒްލުކުރެއްވުމުންނެވެ. އެއަށްފަހު، ޢުމަރުގެފާނަށްފަހު، ޚަލީފާކަމަށް އަންނާނެ ބޭކަލަކު ޢައްޔަނުކުރާ ޝޫރާއަށް ކަނޑައެޅުއްވި ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ލެއްވިއެވެ. އެކަލޭގެފާނު ޢަޒްލުކުރެއްވުން ހިމެނެނީ ޖިހާދުގެ މަޞްލަޙަތުތަކުގެ ތެރެއިންނެވެ. އެއީ ސަޢުދު ބުން އަބޫ ވައްޤާޞް رضي الله عنه ޢިރާޤުގެ އަހުލުވެރިންނާ ޚިލާފުވެވަޑައިގެންނެވުމަކީ، އެކަމުގެ ސަބަބުން އެތަނުގެ މުސްލިމުން ބަލިކަށިވެދާނެ ކަމަކަށް ވެދާނެތީ ޢުމަރުގެފާނު ބިރުފުޅުގެންވަޑައިގެންނެވުމުންނެވެ. އެހެނީ ޢަދާވާތްތެރިން ތިބީ މުސްލިމުންނަށް ފާރަވެރިވެއެވެ. އެކަލޭގެފާނު ޢަޒްލުކުރެއްވުމުގައި އެވަގުތު މަޞްލަޙަތަކަށްވީ، އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި ފާރިސީންނާ ދެކޮޅަށް އެފަދަ ބޮޑު ނަޞްރެއް ލިބުމުން އެކަލޭގެފާނުގެ މިކާމިޔާބަށް ދެކޮޅުވެރިވެދާނެތީއެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: محمد الخضري، إتمام الوفاء في سيرة الخلفاء، تحقيق وتعليق يوسف بديوي وسمير عطار، ص 87-88