[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 29

އައްޞިއްދީޤު رضي الله عنه ގެ ޚިލާފަތުގައި ހިނގާދިޔަ ފަތަޙަކުރެއްވުންތަކުން ފާހަގަކޮށްލެވޭ ނުކުތާތައް

އައްޞިއްދީޤު رضي الله عنه ގެ ޚިލާފަތުގައި ހިނގާދިޔަ ފަތަޙަކުރެއްވުންތަކުގެ ޚުލާޞާއަކީ:

  1. މުރުތައްދުވީ މީހުންގެ ތެރެއިން އެއްވެސް މީހަކު، މިއިން އެއްވެސް ފަޠަޙަކުރެއްވުމެއްގައި، އެކަލޭގެފާނު ބައިވެރި ނުކުރައްވައެވެ. އެއީ އެބައިމީހުން މުރުތައްދުވުމަށްފަހު، އިސްލާމްކަމުގެ ޢަހުދު އާކުރުމަށް ފަހުގައިވެސް، އެބައިމީހުންނާ ނުލާ އެކަންވެދާނެކަން އެބައިމީހުންނަށް ދައްކަވާ، އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމުގެ ގޮތުންނެވެ.
  2. މުސްލިމުން ފަތަޙަކުރި ހުރިހާ ތަނެއްގައި އެބައިމީހުންނަށް އިސްތިޤްރާރުވެވިފައި ނުވެއެވެ. ފަހެ، އެތަންތަނުގައި އަބަދުވެސް ހަމަނުޖެހުންތައް ހިނގަމުން ދިޔައެވެ. އަދި އޭގެ ތެރެއިން، އަލްޙީރާފަދަ ބައެއް ތަންތަން އެއް ފަހަރަށްވުރެ ގިނަ ފަހަރު ފަތަޙަކުރެވުނެވެ.

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް