[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 30

އައްޞިއްދީޤު رضي الله عنه އަވަހާރަވުން

ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުން 7 ދުވަސް ފާއިތުވީފަހުން، އައްޞިއްދީޤު رضي الله عنه އަށް ހުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމުގެ އިޙްސާސްވެވަޑައިގެންނެވުމުން، ޞަޙާބީންގެ ތެރެއިން އިސްކޮށްތިއްބެވި ބޭކަލުން އެއްކުރެއްވިއެވެ. އަދި ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އަށް ޢަހުދު ކަށަވަރު ހިއްޕެވުމާމެދު މަޝްވަރާއަށް އެއްސެވިއެވެ. ފަހެ، އެބޭކަލުން އެކަމަށް އެއްބަސްވެ ވަޑައިގެންނެވުމުން، ޢުޘްމާން ބުން ޢައްޕާން رضي الله عنه އަށް ގޮވާލެއްވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވާގޮތަށް އެކަމުގެ ލިޔުން ލިޔެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ދެން އޭގެ ފަހުން ޖުމާދަލްއާޚިރާ މަހުން 8 ދުވަސް ފާއިތުވީ ފަހުން އެކަލޭގެފާނު އަވަހާރަވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 63 އަހަރެވެ. އެކަލޭގެފާނު ފަސްދާލުލެވުނީ ޢާއިޝާ رضي الله عنها ގެ ގެކޮޅުގައި ނަބިއްޔާ صلى الله عليه وسلم ގެ އަހިރުގައެވެ. އެކަލޭގެފާނު ޚަލީފާކަން ކުރެއްވީ ދެ އަހަރާއި، ދެ މަހާއި، ވިހި ދުވަހެވެ.

 

=ނިމުނީ=


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް