[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުބައި އެކުވެރިން 3

ނުބައި އެކުވެރިންނަކީ ތިބާގެ ޙަޔާތުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެބައިމީހުންގެ ނޭދެވޭ އަސަރު ފޯރުވާނެ ބައެކެވެ. އެކަން އެނގުމަށް ބޭނުންނަމަ، ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެ، އަބޫ ޠާލިބުގެ ވާހަކައާމެދު ވިސްނަވާށެވެ. އޭނާގެ އެންމެ ފަހު ހިނދުކޮޅުގައިވެސް ގާތުގައި ތިބީ ނުބައި އެކުވެރިންކަމުގައިވާ ޢަބްދުﷲ ބުން އަބީ އުމައްޔާއާއި އަބޫ ޖަހުލެވެ.

ފަހެ ހަމަކަށަވަރުން އަބޫ ޠާލިބު މަރަށް ޙާޟިރުވި ވަގުތުގައި ނަބިއްޔާ އޭނާގެ ގާތަށް ވަޑައިގެންނެވިއެވެ. އޭރު އޭނާގެ ގާތުގައި ތިބީ ޢަބްދުﷲ ބުން އަބީ އުމައްޔާއާއި އަބޫ ޖަހުލެވެ. ފަހެ ނަބިއްޔާ ާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އޭ ބޮޑުބޭބޭއެވެ. لا إله إلا الله ކިޔާށެވެ. އެކަލިމައިގެ ޒަރީޢާއިން ﷲ ގެ ޙަޟްރަތުގައި ތިބާ ދިފާޢުކޮށްދެއްވާނަމެވެ. ފަހެ އެދެމީހުން (އެބަހީ: ޢަބްދުﷲ ބުން އަބީ އުމައްޔާއާއި އަބޫ ޖަހުލު) ބުނެއްޖެއެވެ. ޢަބްދުލް މުއްޠަލިބުގެ މިއްލަތު ދޫކޮށްލަނީ ހެއްޔެވެ. – އެބަހީ: އެހެން ނަހަދާށެވެ. އިސްލާމް ނުވާށެވެ. އަދި ކިއެއް ހެއްޔެވެ. ކުފުރުގެ މަތީގައި ދެމި ހުންނާށެވެ. – ފަހެ ނަބިއްޔާާ صلى الله عليه وسلم އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ. ފަހެ އެހެނަސް އޭނާގެ އެންމެ ފަހު ބަހަކަށްވީ އޭނާ އެވަނީ ޢަބްދުލް މުއްޠަލިބުގެ މިއްލަތުގައި ކަމެވެ. އަދި لا إله إلا الله ކިޔުމަށް ފުރަގަސް ދިނެވެ. [متفق عليه]

ފަހެ މަރުގެ ތަންމަތީގައި ވަނިކޮށް އެކަލޭގެފާނުގެ ބޮޑުބޭބެއާ މެދު ކަންބޮޑުވެ، ނަރަކައިން ސަލާމަތްކޮށްދެވޭތޯ ނަސޭޙަތްދެއްވި ބޭކަލަކާއި ނުބައި އެކުވެރިންގެ ތަފާތު ބަލާށެވެ. މަރަށް ޙާޟިރުވި މީހާގެ ނިކަމެތިކަމުން އެބައިމީހުންގެ ހިތަކަމަށް ހަމްދަރުދީއެއް ނުވަނެވެ. އަދި ކިއެއް ހެއްޔެވެ. މިދުނިޔެއާ އަލްވަދާޢު ކިޔަންދެން ކުފުރުގެ ބަސްތައް ލައިދިނުމުގައި ގާތުގައި ތިބީއެވެ. އަދި އެދެމީހުން ކަށަވަރުކުރީ އޭނާ ނަރަކައަށް ވަދޭތޯއެވެ. އަދި އެދެމީހުންނަށް ރަނގަޅަށް އެނގޭނެ ކަމަކީ އިސްލާމްވުމަށްފަހު މަރުވިޔަސް އެދެމީހުންނަށް އެކަމުން އެއްވެސް ގެއްލުމެއް ނުވާނެ ކަމެވެ. އެހެނީ އޭރު އެވަނީ މަރަށް ޙާޟިރުވެފައެވެ. އެހެނަސް ނުބައި އެކުވެރިންގެ ޙާލަކީ ހަމަ މިއީއެވެ.

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް