[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައި އަޅުން ގެންގުޅުން

އަޅުން ގެންގުޅުމަކީ އިސްލާމްދީން އައުމުގެ ކުރީގައިވެސް ކޮށްއުޅުނު ކަމެކެވެ. އިސްލާމްދީނަށް ބަލާލާއިރު، އިސްލާމްދީނުގެ އެއްވެސް ނައްޞެއްގައި އަޅުން ގެންގުޅުމަށް އަމުރު ކުރައްވާފައިނުވެއެވެ. ވަރަށް ގިނަ ނައްޞުތަކުގެ އަޅުން މިނިވަން ކުރުމަށް ބާރު އަޅުއްވާފައިވެއެވެ. މިކަމުންވެސް އިސްލާމްދީން އަޅުންނާމެދު ދޭ ތަޞައްވުރު ހާމަވެއެވެ. އިސްލާމްދީން އައި އިރު އަޅުން ގެންގުޅުން ޢާއްމުވެފައިވީ ސަބަބުތަކުގެ ތެރޭގައި، ހަނގުރާމަ ކުރުމާއި، ދަރަނިވެރިޔާ ދަރަނި އަދާކުރުމަށް ނުކުޅެދުމާއި، ކިޑްނެޕްކުރުމާއި، ފަޤީރުކަން ފަދަ ކަންކަން ހިމެނެއެވެ. އެމެރިކާއާއި ޔޫރަޕުގައި ގިނައިން އަޅުވެތި ކުރީ މީހުން ވަގަށްނަގައިގެން އަޅުންނަށް ހަދައިގެންނެވެ.
ﷲ ތަޢާލާ ޤުދުސިއްޔަ ޙަދީޘެއްގައި ވަޙީކުރެއްވިއެވެ.
( ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ ، وَمَنْ كُنْتُ خَصْمَهُ خَصَمْتُهُ ، ذكر منهم : رَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ) {رواه البخاري ( 2227)} “ޤިޔާމަތް ދުވަހުގެ އެމީހެއްގެ ދެކޮޅުވެރިއެއް ކަމުގައި ތިމަންއިލާހު ވާ ތިންމީހަކު ވެއެވެ. އަދި އެމީހެއްގެ ދެކޮޅުވެރިއެއް ކަމުގައި ތިމަންއިލާހު ވެއްޖެ މީހާގެ މައްޗަށް ތިމަންއިލާހު ކާމިޔާބު ހޯދާހުށީމެވެ. (އެ ތިން މީހުންގެ ތެރެއިން ޛިކްރު ކުރެއްވިއެވެ) މިނިވަނަކު ވިއްކައިގެން އޭގެ އަގު ކޭ މީހާއެވެ.”
އަޅަކު ކަމުގައި ނުވާ މިނިވަނަކު ވަގަށް ނަގައި ވިއްކައިގެން އޭގެ އަގު ކޭ މީހާގެ ނުބައިކަން، އެ ފާފައިގެ ބޮޑުކަން މި ޤުދުސިއްޔަ ޙަދީޘުން އެނގެއެވެ.
އިސްލާމްދީން އައުމުގެ ކުރިން، މީހުން އަޅުވެތި ކުރެވޭނެ ގޮތްތައް ގިނަވެފައިވެއެވެ. އެކަމަކު އަޅުން މިނިވަންކުރެވޭ ގޮތް މަދުވެފައިވެއެވެ. އިސްލާމްދީން އައިސް އަޅުވެތި ކުރެވޭނެ ގޮތް ހަނިކުރެއްވިއެވެ. އެގޮތުން އަޅުވެތި ކުރެވޭނީ އެންމެ ގޮތަކުން ކަމަށް އިސްލާމްދީން ކަނޑައެޅިއެވެ. އެއީ ހަނގުރާމަ ކޮށް އަޅުވެތިވުމެވެ. އަދި އިސްލާމްދީން ބޮޑަށް ބާރު އެޅީ އަޅުން މިނިވަން ކުރުމަށެވެ. އެގޮތުން ބައެއް ފާފަތަކުގެ ކައްފާރާއެއް ކަމުގައިވެސް އަޅުން މިނިވަންކުރުން ލެއްވެވިއެވެ. އަދި އަޅުން މިނިވަންކުރުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑު މަތިވެރި ޘަވާބު ލިބޭ ކަމެއް ކަމުގައި ލެއްވެވިއެވެ.

އިސްލާމްދީނުގެ ޙުކުމްތަކަކީ ޒަމާން ބަދަލުވުމުން ބަދަލުވާ ޙުކުމްތަކެއް ނޫނެވެ. އޭރުވެސް ކަނޑައަޅުއްވާފައިވާ ސަބަބު، އަޅުން ގެންގުޅުން ހުއްދަވާ ސަބަބު މިއަދުވެސް ދެމި އޮންނާނެއެވެ. އާދެ އެއީ ކުފުރެވެ. ކާފިރުންނާ ހަނގުރާމަކޮށް އަޅުވެތިވާ މީހުން އަޅުންގެ ގޮތުގައި ގެންގުޅުމެވެ. އެއީ އަސީރުންނާ މެދު މުޢާމަލާތު ކުރެވޭ ގޮތްތަކުގެ ތެރެއިން، އެކަން އެގޮތަށް ކުރުމަށް ޙާކިމު ނުވަތަ ވެރިޔަކަށް ހުންނަ މީހަކު ނިންމުމުންނެވެ. އެހެނީ އަސީރުން މިނިވަން ކޮށް ދޫކޮށްލުމާއި ފިދުޔަ ހިފާފައި ދޫކޮށްލުމަކީވެސް ހަމަ އިސްލާމްދީނުގައި އެކަމުގައި ހުރި އިޚްތިޔާރުތަކެވެ.

މަރްޖިޢު
https://islamqa.info/ar/answers/94840/