[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 2

އިބްރާހީމްގެފާނުގެ ނަސޭޙަތް

 

އަހަރެމެން ސަޖިދަކޮށް އަޅުކަންކުރަންޖެހެނީ ކޮން ފަރާތަކަށްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އަހަރެމެން އަޅުކަންކޮށް ސަޖިދަކުރަންޖެހެނީ ހަމައެކަނި ﷲ އަށެވެ.

އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވިއެވެ.

އޭ ބައްޕާއެވެ. ބައްޕަ އެ ބުދުތަކަށް ސަޖިދަކުރަނީ ކީއްވެ ހެއްޔެވެ؟

އޭ ބައްޕާއެވެ. އެ ބުދުތައް ކައިރިން ކަންކަމަށް އެދެނީ ކީއްވެ ހެއްޔެވެ؟

އެއީ ވާހަކަ ނުދައްކާ އަދި އަޑުވެސް ނީވޭ އެއްޗެހިތަކެއް ނޫން ހެއްޔެވެ؟

އެ ބުދުތަކަށް އެއްވެސް އެއްޗަކަށް ގެއްލުމެއް އަދި ފައިދާއެއްވެސް ނުކޮށްދެވެއެވެ.

އެ ބުދުތައް ކައިރީގައި ކާއެއްޗެހި ބަހައްޓަނީ ކޮން އެއްޗަކަށް ދޭން ހެއްޔެވެ؟

އެ ބުދުތަކެއް ނުއެއް ކައެވެ. އަދި ނުވެސް ބޮއެވެ.

އިބްރާހީމްގެފާނުގެ ބައްޕައަކަށް މި ވާހަކަތަކެއް ނުވިސްނުނެވެ. އަދި މި ވާހަކަތައް އަޑުއަހާފައި އޭނާ ވަރަށް ރުޅިއައެވެ.

އިބްރާހީމްގެފާނު ވިދާޅުވިއެވެ. މީސްތަކުން މިތަނުން ދިޔުމުން ތިމަންކަލޭގެފާނު އެ ބުދުތައް ހަލާކު ކުރާނަމެވެ. އޭރުން ތިމަންކަލޭގެފާނު މި ދައްކަނީ ތެދު ވާހަކަތަކެއްކަން މީސްތަކުންނަށް އެނގޭނެއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

 

އިބްރާހީމްގެފާނުގެ ވާހަކަ