[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 9

ރަސްގެފާނުގެ ކުރިމަތީގައި

 

އިބްރާހީމްގެފާނުގެ ޤައުމުގައި ކާފިރު ރަސްކަލެއް އުޅުނެވެ. މި ރަސްގެފާނުގެ ގާތުގައި އިބްރާހީމްގެފާނު ވިދާޅުވިއެވެ.

﴿رَبِّيَ الَّذِي يُحْيِي وَيُمِيتُ﴾ [سورة البقرة 258]

މާނައީ: “ދިރުއްވާ، މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ރައްބެވެ”.

ރަސްގެފާނު ބުންޏެވެ .

﴿أَنَا أُحْيِي وَأُمِيتُ﴾ [سورة البقرة 258]

މާނަ: “އަހުރެންވެސް ދިރުއްވާ، އަދި މަރަމެވެ.”

ރަސްގެފާނަށް ވެސް އެއްޗެހި ދިރުއްވާ އަދި މަރާލެވޭކަން ޘާބިތުކޮށްދިނުމަށްޓަކައި އެ ރަސްގެފާނު ކުރީ ކޮން ކަމެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެތަނަށް މީހަކު ގެނައުމަށް ރަސްގެފާނު އަމުރު ކުރިއެވެ. އަދި އެމީހާ ގެނައުމުން، ރަސްގެފާނު އެމީހާ މަރާލިއެވެ. އަދި އެހެން މީހަކު ގެނެސްފައި އެމީހާ ދޫކޮށްލިއެވެ.

މި ރަސްގެފާނުވީ ވަރަށް ގޮތް ދޫނުކުރާ، ނުވިސްނޭ މީހަކަށެވެ. އެއީ ﷲ އަށް އަޅުކަން ނުކުރާ ކޮންމެ މީހެއްގެ ޙާލެވެ. އެހިނދު އިބްރާހީމްގެފާނު ބޭނުންފުޅުވީ ރަސްގެފާނަށާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެއްޗެއް ވިސްނަވައި ދެއްވުމަށެވެ.

﴿قَالَ إِبْرَاهِيمُ فَإِنَّ اللَّـهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ﴾ [سورة البقرة 258]

މާނަ: “ފަހެ ހަމަކަށަވަރުން ﷲ، އިރުމަތީ ފަރާތުން އިރު ގެންނަވައެވެ. ފަހެ ތިބާ އެ އިރު ހުޅަނގު ފަރާތުން ނިކަން ގެނެސްބަލާށެވެ”.

އިބްރާހީމްގެފާނު ވިދާޅުވި މި ވާހަކަ އަޑުއަހާފައި، ރަސްގެފާނު އަޖައިބުވެ، ޙައިރާން ވެއްޖެއެވެ. އަދި އިބްރާހީމްގެފާނުގެ ސުވާލަށް ދޭނެ ޖަވާބެއް ރަސްގެފާނަކަށް ނުވިސްނުނެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ