[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 8

  • އަމާނާތަށް ޚިޔާނާތްތެރިވުން

 

ކުރިން މި ވާހަކައިގައި ބަޔާން ކުރެވުނު ފަދައިން، ޢަޒީޒު އޭނާގެ އަންހެނުންނާއި ޔޫސުފުގެފާނު ހަވާލުކުރީ، އެކަލޭގެފާނަށް ހެޔޮކޮށް ހިތަން އަމުރުކޮށްފައެވެ. އެހެން ނަމަވެސް އެކަނބުލޭގެ އާއި ހަވާލުކުރެވުނު އަމާނާތަށް ޚިޔާނާތްތެރިވިއެވެ. އެކަނބުލޭގެ އާއި އެއްކޮށް ނުބައި ކަމެއް ކުރުމަށް ޔޫސުފުގެފާނަށް ގޮވާލިއެވެ. އެހެން ނަމަވެސް ޔޫސުފުގެފާނު އެކަމާއި ހަރުއަޑުފުޅުން ދެކޮޅު ހެއްދެވިއެވެ. ވިދާޅުވިއެވެ. ހަމަހިލާ ތިކަހަލަ ކަމެއް ނުކުރާ ހުށީމެވެ. އަދި ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ސާހިބާއަށް (ބޮޑުމީހާ އަށް) ޚިޔާނާތްތެރި ނުވާނަމެވެ. އޭނާ ތިމަންކަލޭގެފާނަށް ހެޔޮކޮށް ކަންތައް ކުރައްވައެވެ. އަދި މާތްކޮށް ހިތައެވެ. ހަމަޔަޤީނުން ވެސް ﷲ އަށް ބިރުވެތިވަމެވެ.

އެކަނބުލޭގެ ގޮވާލި ނުބައި ކަމަށް ޔޫސުފުގެފާނު ދެކޮޅުހެއްދެވުމުން، ވަރަށް ބޮޑަށް ރުޅި އައެވެ. އަދި އެކަނބުލޭގެ ފިރިމީހާއަށް ޔޫސުފުގެފާނޭ ކިޔައިގެން ދޮގު ޝަކުވާކޮށްފިއެވެ. އެކަނބުލޭގެ އެ ހަދަނީ ދޮގެއްކަން ޢަޒީޒަށް އެނގިވަޑައިގަތެވެ. އަދި ޔޫސުފުގެފާނަކީ ތެދުވެރި އަމާނާތްތެރި ބޭކަލެއްކަން ވެސް އެނގިވަޑައިގަތެވެ. އެހިނދު ޢަޒީޒު އެކަނބުލޭގެއަށް ވިދާޅުވިއެވެ.

﴿إِنَّكِ كُنتِ مِنَ الْخَاطِئِينَ﴾[1]

މާނަ: “ހަމަކަށަވަރުން ކަނބުލޭގެވަނީ ކުށްވެރިންގެ ތެރެއިންނެވެ.”

ޔޫސުފުގެފާނަކީ ވަރަށް ރީތި ބޭކަލެއްކަން މުޅި މިޞްރަށް މަޝްހޫރު ވެއްޖެއެވެ. ބަޔަކު މީހުންނަށް ޔޫސުފުގެފާނު ފެނިގެން ބުންޏެވެ.

﴿مَا هَـٰذَا بَشَرًا إِنْ هَـٰذَا إِلَّا مَلَكٌ كَرِيمٌ﴾[2]

މާނަ: “މިއީއަކީ ޢާދަމުގެ ދަރިއެއް ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ މަލާއިކަތަކު ކަމުގައި ނޫނީ ނުވެއެވެ.”

އެކަނބުލޭގެ މިކަމާ ވަރަށް ރުޅި ގަދަވެއްޖެ އެވެ. އޭނާ ޔޫސުފުގެފާނަށް ބުންޏެވެ. އެހެންވީމާ ކަލޭ (ޔޫސުފުގެފާނު) ދާންވީ ތަނަކީ ޖަލަށެވެ. ޔޫސުފުގެފާނު ވިދާޅުވިއެވެ.

﴿قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ﴾[3]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ރައްބެވެ! ތިމަންއަޅާ ކުރުމަށް އެމީހުން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން ބޮޑެވެ.”

އޭގެ ދުވަސް ތަކެއް ފަހުން ޢަޒީޒު ބޭނުންފުޅުވީ ޔޫސުފުގެފާނު ޖަލަށް ފޮނުވުމަށެވެ. އެކަނބުލޭގެ ގޮވާލި ނުބައިކަމުން ޔޫސުފުގެފާނު ބަރީޢަވިކަން (ދުރުވެގެންވިކަން) ޢަޒީޒުއަށް އެނގެއެވެ. ޔޫސުފުގެފާނު ޖަލަށް ވަދެވަޑައިގަތެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1]29    يوسف

[2] يوسف 31

[3]33    يوسف