[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މަޤްޞަދުތައް 1

سورة الفاتحة

އަޅުވެތިވުމުގައި ފުރިހަމައަށް ﷲ އެއްކައުވަންތަކޮށް، އެއިލާހަށް ބޯލަނބައި ކިޔަމަންގަތުން.

 

سورة البقرة

ބިން އާރާސްތުކޮށް، ﷲ ގެ ދީނުގައި ޤާއިމުވުމަށް އުންމަތް ތައްޔާރުކުރުން.

މީސްތަކުން ބެހިގެންވާ ބައިތައް ބަޔާންކުރެއްވުން.

އީމާންކަމުގެ އުޞޫލުތަކާއި ޝަރީޢަތުގެ އެންމެހާ ކަންކަން ހިމެނިގެންވޭ.

 

سورة آل عمران

އިސްލާމްދީން ފުރިހަމަކުރައްވާ ބަޔާންކުރެއްވުމަށްފަހު، އެ ދީނުގައި ޘާބިތުވުމަށް އެންގެވުން.

އަހުލު ކިތާބީންގެ ތެރެއިން ޚާއްޞަކޮށް ނަޞާރާއިންގެ ޝުބުހަތަކަށް ރައްދު ދެއްވުން.

 

سورة النساء

އިޖުތިމާޢީ ޙައްޤުތަކާއި މާލީ ޙައްޤުތައް ރައްކާތެރިކޮށް، މުސްލިމު މުޖުތަމަޢުގެ އެތެރޭގެ ކަންކަން އިންޒާމުކުރުން.

ޖާހިލިއްޔަތުގެ ސިފަތައް ނައްތާލާ، އަންހެނުންނާއި ނިކަމެތިންގެ ޙައްޤުތައް ސަމާލުކަމަށް ގެނައުން.

________________________

ސޫރަތްތަކުގެ މަޤްޞަދުތައް

 

މަޞްދަރު: المختصر في تفسير القرآن الكريم