[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް – 1

  • ފަރުޟު ނަމާދުތަކަށް ރައްކާތެރިވުން
  • ޢަރަފާތް ދުވަހުގެ ރޯދަ އަދި ސުންނަތް ރޯދަ ހިފުން
  • ޞަދަޤާތް ދިނުން
  • ތަހުލީލު ކިޔުން (لا إله إلا الله)
  • ތަސްބީޙަ ކިޔުން (سبحان الله)
  • ތަޙްމީދު ކިޔުން (الحمد لله)
  • ތަކްބީރު ކިޔުން (الله أكبر)
  • ޙައުޤަލާ ކިޔުން (لا حول ولا قوة إلا بالله)
  • އިމާމް މީހާ ބަންޤި ގޮވަމުންދާއިރު ފަހަތުން ތަކުރާރުކުރުން
  • އިސްތިޣްފާރުކުރުން (ފާފަފުއްސަވައިދެއްވުމަށް އެދި ދެންނެވުން)
  • ދުޢާ ކުރުން
  • ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން
  • ޤުރުއާން ކިޔެވުން
  • ޤުރުއާނުގެ އާޔަތްތަކުގެ މާނައަށް ވިސްނާ ފިކުރުކުރުން
  • ޤުރުއާނުގެ އާޔަތްތައް ހިތުދަސްކުރުން
  • މީހަކާއެކު ނުވަތަ ބަޔަކާއެކު ޤުރުއާން ކިޔަވައި މުރާޖަޢާ ކުރުން
  • ޤުރުއާނުގެ ތަފްސީރު ކިޔުން
  • ޤުރުއާން އުނގަންނައިދިނުން. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް ޞޫރަތުލް ފާތިޙާ ދަސްކޮށްދިނުން
  • ތައުބާވުން
  • މައިންބަފައިންނަށް ހެޔޮކޮށްހިތުން
  • ގާތްތިމާގެކަމުގެ ގުޅުން ޤާއިމުކުރުން
  • މައިންބަފައިންގެ ރައްޓެހިންނާ ގުޅުން ބޭއްވުން
  • މެހެމާނުންނަށް މާތްކޮށްހިތުން
  • މެހެމާނާއަށް އަލްވަދާޢު ކިޔަން ދިޔުން
  • އަވަށްޓެރިންނަށް ހެޔޮކޮށް ހިތުން
  • ސަލާމު ފެތުރުން
  • ނިކަމެތިންނަށް ކާންދިނުން
  • ރިވެތި ބަހުން ވާހަކަ ދެއްކުން
  • ދަމު ނަމާދުކުރުން
  • ރަވާތިބު ސުންނަތް ކުރުން
  • ޟުޙާ ނަމާދުކުރުން
  • ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން
  • އެކި ޙާލަތްތަކުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައް ކިޔުން
  • ވުޟޫގެ މަތީ ނިދުން
  • ހުކުރު ނަމާދަށް ފެންވެރުން
  • ހުކުރު ނަމާދަށް ދަމުން މީރުވަސް ދުވާ އެއްޗެހި ލުން
  • ހުކުރު ނަމާދަށް އަވަހަށް ދިއުން
  • އިމާމުމީހާއާ ވީހާވެސް ކައިރީގައި ހުރުން
  • ޖަމާޢަތުގައިވާ ހުސްތަން ފުރާލުން
  • ސަފު ފުރިހަމަކުރުން
  • ހިނިތުންވުން
  • ކައުނުގައި ﷲ ތަޢާލާ ލައްވާފައިވާ މަޚްލޫޤުތަކާމެދު ވިސްނާ ފިކުރުކުރުން
  • މުސްލިމުންގެ ފަރާތުން ތިބާއަށް ލިބޭ އުނދަގޫތަކަށް ކެތްތެރިވުން
  • މުސްލިމުންނާ ހިތްހެޔޮކޮށް މުޢާމަލާތުކުރުން
  • އޯގާތެރިކަމާއި ހަމަޖެހުމާއެކު މުސްލިމުންނާ މުޢާމަލާތްކުރުން
  • އަބަދުވެސް މޫނު މަތިން އުފާވެރިކަން ފާޅުކުރުން
  • ރުޅި މައިތިރިކުރުން
  • ވަޢުދު ފުއްދުން
  • ތައުބާ ނަމާދު ކުރުން
  • ވުޟޫގެފަހުން ދެ ރަކުޢަތުގެ ނަމާދެއް ކުރުން
  • ނަޞޭޙަތް އަޑުއެހުން
  • ޖާހިލުންނަށް ޢިލްމު ފޯރުކޮށްދިނުން
  • ހެޔޮކަންތައްތަކަށް އަމުރުކުރުން
  • މުންކަރާތްތައް ނަހީކުރުން
  • އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުދިނުން
  • ޙަރާމް ބެލުންތަކުން ތިބާގެ ލޯ ރައްކާތެރިކުރުން
  • ﷲ އަށްޓަކައި ޒިޔާރަތްކުރުން ތިބާގެ އަޚުންނަށް
  • ޖަނާޒާތަކުގައި ބައިވެރިވުން
  • މުޞީބާތް ޖެހިފައިވާ މީހުންނަށް ތަޢުޒިޔާ ކިޔުން
  • ބަލިމީހުންނަށް ޒިޔާރަތް ކުރުން
  • ދަޢުވަތެއް ލިބުމުން އެ ދަޢުވަތު ޤަބޫލުކުރުން
  • ހިތާމައެއް ލިބިފައިވާ މީހާގެ ހިތާމަ ކުޑަކޮށްދީ އެހީތެރިވުން
  • އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޡާރުކުރުން
  • މިސްކިތްތަކުގައިވާ ޢިލްމީ ދަރުސްތަކަށް ޙާޟިރުވުން
  • ޢިލްމުވެރިންނަށް މާތްކޮށްހިތުން
  • ޝުބުޙަތަކަށް ރައްދުދިނުން (އެބަހީ: ޢިލްމުވެރިއެއްނަމަ މީސްތަކުންނަށް އަރާފައިވާ އޮޅުންތައް ކިޔައިދިނުން)
  • ސުންނަތްތައް ފެތުރުން
  • ހަދިޔާ ބަދަލުކުރުން
  • މުސްލިމަކު އޭނާގެ އަޚާއާއި ބައްދަލުވާ ހިނދު، ﷲ އަށްޓަކައި އަތާ އަތްޖޯޑުކޮށް ސަލާމްކުރުން
  • ޢުމުރުން ދުވަސްވެފައިވާ މީހުންނަށް ކަމޭހިތުން
  • ދަރަނި އަދާކޮށްދިނުން
  • ބޭނުންޖެހިފައިވާ މީހުންނަށް ދަރަނި ދިނުން
  • ދަތި ޙާލަތުގައިވާ ދަރަނިވެރިޔާއަށް، ދަރަނި ދެއްކުމަށް މުހުލަތު އިތުރުކޮށްދިނުން
  • ދަރަނިވެރިޔާގެ ދަރަނި މާފުކޮށްދިނުން ނުވަތަ ދަރަނީގެ މިންވަރު ލުއިކޮށްދިނުން
  • ދަރަނިވެރިންގެ ދަރަނި އަދާކޮށް ދިނުމާއި، ދަތިވެފައިވާ ފަރާތްތަކުގެ ބިލުތައް ދައްކައިދިނުން
  • ހެޔޮކަމުގައި އަނެކާއަށް އެހީތެރިވެދިނުމުގައި ތިބާ މެދުވެރިވުން
  • ވިޔަފާރި ފަސްޚުކޮށްދިނުމަށް އެދުމުން އެކަން ކޮށްދިނުން
  • މީސްތަކުންނަށް އުނދަގޫވާފަދަ އެއްޗެހި މަގުމަތިން އެއްފަރާތްކުރުން
  • ގަނެ ވިއްކުމުގައި ދޫ ދިނުމުގެ ރިވެތި ސިފަ ގެންގުޅުން
  • މުސްލިމުންގެ ޢައިބުތައް ވަންހަނާކުރުން
  • ޔަތީމުން ބެލެހެއްޓުން
  • ހުވަފަތްވެފައިވާ އަންހެން ކަނބަލުންނަށް އެހީތެރިވުން
  • މިސްކިތް ބިނާކުރުން
  • ހެޔޮކަންކަމަށް މަގުފަހިކޮށްދިނުން
  • ޢިލްމީ ފައިދާ ލިބޭ ފޮތްތައް ޗާޕުކޮށްދިނުން
  • އިންޓަރނެޓްގެ ޛަރީޢާއިން ޢިލްމު ފެތުރުން
  • މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމާއި ތިބާވެސް ހެޔޮ ނަޞޭހަތް އަޑުއެހުން
  • އުޟްހިޔާގެ ގޮތުގައި ކަތިލުމަށް، ފަޤީރަކަށް ކަންބަޅިއެއް ނުވަތަ ބަކަރިއެއް ހަދިޔާކުރުން
  • ކައިވެނިކުރުން ނުވަތަ މުސްލިމް އަޚުންނާއި އުޚުތުންގެ ކައިވެންޏަށް އެހީ ފޯރުކޮށްދިނުން
  • ދެކޮޅުވެރިވެފައިވާ ދެ މީހެއްގެ މެދުގައި ޞުލްޙަކޮށްދިނުން
  • ޞާލިޙު އެކުވެރިން އިޚްތިޔާރުކުރުން
  • މުދަލުން ވަޤުފެއް ކުރުން
  • މަބްރޫރު ޙައްޖެއް ކުރުން
  • ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުން

_______________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.

 

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް – 2