- ﷲ އަށްޓަކައި އެކަކު އަނެކަކަށް މަޢާފުކުރުން
- މަސައްކަތެއް ކުރަމުންދާ މީހަކަށް އެހީތެރިވުން ނުވަތަ މަސައްކަތް ނުދަންނަ މީހަކަށް އެކަންކޮށްދިނުން ނުވަތަ ހިލޭ ކޯސްތައް ހިންގައިދިނުން ނުވަތަ ހުނަރުތައް ދަސްކޮށްދިނުން
- މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުން
- ފަޤީރުންނަށް ކާންދިނުން
- ޔަތީމު ކުއްޖާގެ ބޮލުގައި ފިރުމާލުން
- ވުޟޫގެ މަތީގައި ހުރުމަށް ގަދައަޅައި މަސައްކަތްކުރުން
- އަންހެން ދަރިންނާއި، އުޚުތުންނަށް ދިރިއުޅުމުގެ ކަންކަމުގައި އެހީތެރިވުން
- އަނބިމީހާއަށާއި ދަރިންނަށް ޚަރަދުކުރުން
- ފިރިމީހާގެ ގޮވައިލުމަށް އަނބިމީހާ އިޖާބަދިނުން އަދި ފިރިމީހާގެ އަމުރުތަކަށް ކިޔަމަންތެރިވުން
- އަނބިމީހާ، ގޭގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުން
- މިސްކިތް ސާފުކުރުން
- މީސްތަކުންނަށް ޒަމްޒަމް ފެން ދިނުން
- ހެޔޮކަމެއްކޮށްދިން މީހަކަށް ޝުކުރު އަދާކުރުން
- ތިބާއަށް ކަމެއްކޮށްދިން ފަރާތަށް އެކަމުގެ ބަދަލުދިނުން އަދި އެ މީހާއަށް ހެޔޮދުޢާ ކޮށްދިނުން
- ﷲ ތަޢާލާއަށް ބިރުވެތިވާ ޙާލު ރުއިން
- ﷲގެ ޙަޟްރަތުގައި ތިބާއަކީ ޝަހީދެއްކަމުގައި ލެއްވުން އެދި ދުޢާކުރުން
- (ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިން) އެންމެން އެކުގައި ކައިބޮއި ހެދުން
- ހުދު ކުލައިގެ ހެދުންލުމަށް އިސްކަންދިނުން
- ނުރަތަކުގައި ހީނާފަތުން ކުލަ ޖެއްސުން
- ހެޔޮ ނިޔަތެއްގައި ގަހެއް އިންދުން (މިސާލަކަށް ހިޔާލިބޭ ނުވަތަ މޭވާ އަޅާ ގަހެއް އެހެން ބަޔަކަށް ފައިދާކޮށްދިނުމުގެ ނިޔަތުގައި އިންދިދާނެ)
- މުސްލިމުންގެ ޙާޖަތްތައް ފުއްދައިދިނުން
- މުއުމިނު އަންހެނުންނާއި ފިރިހެނުންގެ ފާފަ ފުއްސަވައިދެއްވުމަށް އެދި ދުޢާކުރުން
- އަނބިމީހާ ޢިއްފަތްތެރިކުރުވުން
- ﷲ އަށްޓަކައި އެއްވެސް އަގަކާ ނުލައި ރުޤުޔާކޮށްދިނުން
- ﷲ އަށްޓަކައި އެއްވެސް އަގަކާ ނުލައި މައްޔިތުން ހިނެވުމާއި އަދި ކަފުންކޮށްދިނުން
- ރޯދަވީއްލުން އަވަސްކުރުން (އެބަހީ: މަޣްރިބު ވަގުތުވުމުން އެކަން ފަސް ނުކުރުން)
- ހާރުކެއުން ލަސްކުރުން (އެބަހީ: ފަތިސް ވަގުތާ ގާތްކޮށްފައި ހާރުކެއުން)
- މުސްލިމަކަށް ނިޢުމަތެއް ލިބޭ ހިނދު، އޭނާއަށް ތަހުނިޔާ ކިޔުން
- ހެޔޮގޮތުގައި ވަޞިއްޔަތް ލިޔުން
- މުސްލިމުންގެ ތެރެއިން ބޭނުންޖެހިފައިވާ ފަރާތްތަކަށް އަންނައުނު ދިނުން
- ފައިވާނަށް އަރާއިރު ފުރަތަމަ ކަނާތުފައި އިސްކުރުން
- ފާއިވާން ބާލާއިރު ވައަތުފައި އިސްކުރުން
- އިށީނދެގެން އިނދެ ފެންބުއިން
- މަރަށް ޙާޟިރުވެފައިވާ މީހާއަށް ޝަހާދަތް ލައިދިނުން
- ކަމެއް ފަށާއިރުގައި ބިސްމި ކިޔުން
- ދަތްޕިލަ ސާފުކޮށް ބެހެއްޓުމަށް ސަމާލުކަންދިނުމާއި މިސްވާކުކުރުން
- ހެޔޮގޮތުގައި ދަރަނި އަދާކުރުން
- އިސްތިޚާރާ ނަމާދުކުރުން
- ޝުކުރުގެ ސަޖިދަކުރުން
- ޝަރުޢީ މަސްލަހަތަށްޓަކައި، ހުވާ އުވާލައި އޭގެ ކައްފާރާ ދިނުން
- ގޭގެ އަހުލުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން
- ފައިމަގުގައި މިސްކިތަށް ދިއުން
- ނަމާދުކުރާއިރު (އެކަނި ކުރާމީހާ އަދި އިމާމުމީހާ) ކުރިމަތީ ސުތުރާއެއް ބެހެއްޓުން
- ރިވެތި އަޑުން ކީރިތި ޤުރުއާން ކިޔެވުން
- ގެއަކަށް ނުވަތަ ތަނަކަށް ވަނުމުގެ ކުރިން ހުއްދަ ހޯދުން
- އާފުރުން ހުއްޓުވޭތޯ ވީ ވަރަކުން މަސައްކަތްކުރުން
- އުޟްޙިޔާގެ ގޮތުގައި ސިއްޙަތު ރަނގަޅު ނަޢަމް ސޫފިއެއް ކަތިލުން
- ފަތިސް ނަމާދުކޮށް ނިމިގެން، އިރުއަރަންދެން (ޛިކުރުކުރުމަށް ނުވަތަ ޤުރުއާން ކިޔެވުމަށް) މިސްކިތުގައި މަޑުކުރުން
- ޙައްޖުވެރިން ނޫން މީހަކު، ޙައްޖަށް ދިޔަ މީހަކާ ހަވާލުކޮށްގެން މައްކާގައި ހަދްޔުގެ ގޮތުގައި ކަތިލުމަށް އެއްޗެއް ފޮނުވުން
- ތިބާގެ ދަރިންނާއި އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރުން
- ގެއަށް ވަނުމަށްފަހު އަދި ގެއިން ނުކުތުމުގެ ކުރިން ދެ ރަކުޢަތުގެ ނަމާދެއްކުރުން
- ދަމުނަމާދުކުރުމަށް ނިދިން ހޭލާފައި ޢާލުޢިމްރާން ސޫރަތުގެ ފަހު އާޔަތްތައް (190ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ ނިޔަލަށް) ކިޔުން
- ފުރިހަމައަށް ވުޟޫކުރުން
- ކިނބިއްސެއް އެޅިއްޖެނަމަ، الحمد لله ކިޔުން
- ޙާޖަތްތެރިވެފައިވާ މީހުން ހޯދައި، އެހީތެރިވެދޭން ބޭނުންވާ މީހުންނަށް އެފަދަ މީހުން ބުނެދިނުން
- ވިތުރީގެ ފަހު ރަކުޢަތް ނިމުމުން سُبْحَانَ المَلِكِ القُدُّوْس ތިންފަހަރު ކިޔުން
- ވުޟޫ މަތީގައި ނިދުން
- އެކަނިވެރިވެފައިވާ މީހުން ފޫހިފިލުވައި ދިނުން
- ބީރައްޓެހިންނަށް ހިޔާވަހިކަން ދިނުން
- މިސްކިތްތަކުގައި މީރުވަސް ދުއްވުން
- ޙައްޖަށްދާ މީހުންގެ ޢާއިލާތައް ހެޔޮގޮތުގައި ބަލައިދިނުމާއި ޖަލުގައިވާ މީހުންގެ ޢާއިލާތަކާ އަދި އެފަދަ އެހެން މީހުންވެސް ބަލައިދިނުން
- މިސްކިތްތަކަށް މުސްޙަފު ހަދިޔާކުރުން
- އެޕްލިކޭޝަންތަކާއި ވެބްސައިޓުތަކާއި ރޭޑިޔޯއާ އަދި ޓީވީ ޗެނަލްތަކުގެ ޛަރީޢާއިން ޝަރުޢީ ޢިލްމު ފެތުރުން
- ދަރުސްތަކާ އަދި ކޯސްތައް އިންތިޒާމުކުރުން
- ޢީދު ނަމާދުކުރުން
- ތިބާގެ އަތުގައި ހުރި ފައިދާ ހުރި ތަކެތި (މިސާލަކަށް: ތެލި، ހެދުން، ގަހަނާ އަދި އެނޫންވެސް އެފަދަ ތަކެތި) މުސްލިމުން ބޭނުން ކުރުމަށް ޢާރިޔާގެ ގޮތުގައި ދިނުން
- މުޖުތަމަޢަށް ހެޔޮފޯރުކޮށް ދިނުމަށް ޖަމްޢިއްޔާތައް ހެދުން
- ޙައްޖުވެރިންގެ ޚަރަދު ބެލެހެއްޓުން
- ޢިލްމު އުނގެނޭ ކުދިންނަށް ޚަރަދުކޮށް، ދީން ކިޔެވުމަށް އެކުދިން ހުސްކޮށްދިނުން
- މުސްލިމު ކުޑަކުދިންނަށް ޚާއްޞަ ފޮތް އެކުލަވައިލުން އަދި އެ ކުދިންނަށް ޚާއްޞަ ޕުރޮގުރާމް ހެދުން
- އަމާނާތްތެރިކަމާއެކު ޢިލްމު ފޯރުކޮށްދިނުން. ޙަދީޘެއްގައިވެއެވެ.
«نَضَّرَ اللهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا وَحَفِظَهَا وَبَلَّغَهَا» [1]
މާނައީ: “ތިމަންކަލޭގެފާނުގެ ޙަދީޘެއް އަޑުއަހާފައި އެ ރަނގަޅަށް ދެނެގަނެ ހިތުދަސްކޮށްފައި އެފޯރުކޮށްދީފި މީހާ ދަންނައެވެ. ﷲ ތަޢާލާ އެމީހަކު އުޖާލާ ކުރައްވާނދޭވެ!”
- މުސްލިމުންގެ އަބުރު ރައްކާތެރިކޮށްދިނުން
- ކީރިތި ޤުރުއާން އަޑުއެހުން
- ހެޔޮކަންކަން ފެތުރުމަށާ އަދި ޢިލްމު ފެތުރުމަށް ހިތްވަރު ދިނުމާއި އިނާމު ދިނުން
- ކުޑަކުދިންނަށް އޯގާތެރިވުން
- ހެޔޮކަމުގެ ދުވަސްތައް އަންނައިރު އެކަން މީސްތަކުންނަށް ހަނދާންކޮށްދިނުން
- އަމާނާތްތަކަށް ރައްކާތެރިވެ އެ އަނބުރާ ރައްދުކޮށްދިނުން
- ﷲ އަށްޓަކައި ބަލިމީހާއަށް ފަރުވާދީ އެކަމަށްޓަކައި އުޖޫރަ ނުނެގުން
- ޖަނަވާރުތަކާއި ދޫނި ސޫފާސޫފިތަކަށް ހެޔޮކޮށް ހިތުން
والحمد لله رب العالمين.
________________________________
[1] رواه الترمذي، كتاب: أبواب العلم، باب: ما جاء في الحث على تبليغ السماع، الرقم: ٢٦٥٨.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް – 1