[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 2

  • ޘަމޫދުބާގައިގެ މީހުން ކުފުރުވުން

 

މި ހުރިހާ ނިޢުމަތްތަކެއް ލިބުމުންވެސް، ﷲ ތަޢާލާއަށް ޝުކުރުވެރިވާ ބަޔަކުކަމުގައި އެމީހުންނެއް ނުވިއެވެ. އަދި އެ އިލާހަށް އަޅުކަންކުރާ ބަޔަކުކަމުގައިވެސް އެމީހުންނެއް ނުވިއެވެ.

އެހެނެއްކަމަކު މި ހުރިހާ ނިޢުމަތްތަކާއި އެކުވެސް، އެމީހުންވީ ކުފުރުގައި ޙައްދުފަހަނައަޅާ ދިޔަ ބަޔަކުކަމުގައެވެ. ﷲ ތަޢާލާގެ މަތިން އެމީހުން ހަނދުމަ ނައްތާލިއެވެ. އެމީހުންނަށް ދެއްވުނު ނިޢުމަތްތަކަށް ފަޚުރުވެރިވާ ބަޔަކުކަމުގައިވިއެވެ. އެމީހުން ބުންޏެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ، ކާކު ހެއްޔެވެ؟

އެމީހުން ހީކުރިއެވެ. ހަމަޔަޤީނުންވެސް މަރުވާނެ ބަޔަކުކަމުގައި އެމީހުން ހިއެއް ނުކުރެއެވެ. އަދި ގަދަފަދަ ކިއްލާތަކާއި، ގަނޑުވަރުތަކުން ބޭރުކުރެވޭނެ ބަޔަކު ކަމުގައިވެސް އެމީހުންނެއް ހިއެއް ނުކުރެއެވެ.

އަދިވެސް އެމީހުން ހީކުރިއެވެ. މި ފަރުބަދަތަކުގެ ތެރެއަށް މަރު އަތުވެދާނެކަމަށް އެމީހުން ހިއެއް ނުކުރެއެވެ. އެމީހުންނާއި ހަމައަށް މަރު އަންނާނެ މަގެއް ނުވާކަމަށް އެމީހުން ހީކުރިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް