-
ޞާލިޙުގެފާނުގެ ދަޢުވަތު
އެކަލޭގެފާނު ޤައުމުގެ މީހުންގެ ކައިރިއަށް ވަޑައިގެން، ހަރުއަޑުފުޅުން އެމީހުންނަށް ގޮވާލައްވައި ވިދާޅުވިއެވެ.
(يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ)[1]
މާނަ: “އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، (ޙައްޤުގޮތުގައި އަޅުކަންވެވޭ) އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.”
ކެއުމާއި ބުއިމުގައި މަޝްޣޫލުވާ ބަޔަކުކަމުގައި އެމީހުންގެ ތެރޭގައި ތިބި މުއްސަނދި ވިއެވެ. އަދި ކުޅިވަރާއި މަޖަލުގައިވެސް މެއެވެ. އެމީހުންވީ ބުދަށް އަޅުކަންކުރާ ބަޔެއްގެ ގޮތުގައެވެ. ބުދުތައް ނޫން އިލާހަކުވާކަމަށް އެމީހުން ނުދެކެއެވެ. އެހެންކަމުން ޞާލިޙުގެފާނު ދެއްވި ދަޢުވަތާއި މެދު އެމީހުން ޢަޖާއިބުވިއެވެ.
އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައީ، ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދިވެސް ވިދާޅުވެއެވެ. ތިޔަބައިމީހުން މަރުވުމުން، ﷲ ތަޢާލާ ތިޔަބައިމީހުން އަލުން ދިރުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތަކަށް ޖަޒާ ދެއްވާނެތެވެ.
އަދިވެސް ވިދާޅުވެއެވެ. ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލަކީމެވެ. ތިމަންކަލޭގެފާނު ފޮނުއްވީ ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ގާތަށެވެ.
މި ވާހަކަތައް އަޑުއިވުމުން، މުއްސަނދިންތައް ހޭން ފެށިއެވެ. އެމީހުން ބުންޏެވެ. (އެއީ) ނިކަމެއްޗެކެވެ. ރަސޫލެއްކަމުގައި އެކަލޭގެފާނު ވާނެ ހެއްޔެވެ؟ ދެން ފަހެ ރަސޫލެއްކަމުގައި އެކަލޭގެފާނު ވާނީ ކިހިނަކުން ހެއްޔެވެ؟!
___________________
މަޞްދަރު: قصص النبيين للأطفال
[1] هود 61