[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 3

  • މިސްރުގެ ފިރުޢައުނު

 

ފަރާޢިނޭ ކިޔުނު ބަޔަކު، މިސްރުގެ ތަޚުތަށް އިސްވިއެވެ. އެމީހުންވީ އިސްރާއީލުގެ ދަރިންދެކެ ވަރަށް ރުޅި އަންނަ ބަޔަކަށެވެ. އެމީހުންގެ ތެރެއިން މިސްރުގެ ރަސްކަމަށް އިސްވީ، ވަރަށް އަނިޔާވެރި މީހެކެވެ. އިސްރާއީލުގެ ދަރިންނަކީ ޢާދަމުގެ ދަރިން ކަމުގައި ވިޔަސް، އެމީހުންނަށް ރަޙުމު ކުރާކަށް ނުޖެހޭނެކަމަށް، ފިރުޢައުނު ދެކެއެވެ. އަދި އިސްރާއީލުގެ ދަރިންނަށް ހަމަހަމަކަމާއި، އިންސާފުވެރި ކަމާއެކު ކަންތައް ކޮށްދޭން ޖެހޭނެ ކަމަށް ވެސް ފިރުޢަވުނު ޤަބޫލެއް ނުކުރެއެވެ. ފިރުޢަވުނު ޤަބޫލުކުރަނީ، އޭނާގެ ޤައުމަކީ ހަމައެކަނި ޤިބްތީން ކަމުގައެވެ. އަދި އިސްރާއީލުގެ ދަރިންނަކީ އެހެން ބަޔެއް ކަމުގައެވެ. އ އިސްރާއީލުގެ ދަރިންނާއި މެދު ދެކުނީ، އެ މީހުންނަކީ ޤިބްތީންނަށް ޚިދުމަތްކޮށްދޭން ޖެހޭ އަޅުން ކަމުގައެވެ.

އިސްރާއީލުގެ ދަރިންނާއި މެދު ފިރުޢައުނު މުޢާމަލާތު ކުރަމުން ދިޔައީ ޙަޔަވާނުންނާމެދު މުޢާމަލާތު ކުރާ ގޮތަށެވެ. އިސްރާއީލުގެ ދަރިން، ފިރުޢައުނާއި އޭނާގެ ޤައުމުގެ (ޤިބްތީން) އަޅު މަސައްކަތް ކޮށްދޭން މަޖުބޫރުކުރުވިއެވެ. ފިރުޢައުނަކީ ވަރަށް ޖައްބާރު އަނިޔާވެރިއެކެވެ. އޭނާއަށް ވުރެ މަތީގައި އެއްވެސް ފަރާތެއް ވާކަމަށް، އޭނާ ޤަބޫލެއް ނުކުރެއެވެ. އަދި ﷲ އަށް އީމާންވާ މީހެއް ކަމުގައި ފިރުޢަވުނު ނުވެއެވެ. އެހެނެއް ކަމަކު އޭނާ ބުނަމުން ދިޔައީ މިފަދައިންނެވެ.

(أَنَا رَبُّكُمُ الْأَعْلَىٰ)[1]

މާނަ: “ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.”

އޭނާ އަށް ﷲ ދެއްވާފައިވާ ވަރުގަދަ ވެރިކަމާއި ކިއްލާތަކާ މެދު ކިބުރުވެރިވާ މީހެއްކަމުގައި މެނުވީ އޭނާ ނުވެއެވެ. އޭނާ ބުންޏެވެ.

(أَلَيْسَ لِي مُلْكُ مِصْرَ وَهَـٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ)[2]

މާނަ: “މިޞްރުގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟”

ހަމައެކަނި އޭނާއަށް އަޅުކަން ކުރުމަށް، މީސްތަކުންނަށް ގޮވާލިއެވެ. ބަނޫ އިސްރާއީލުގެ މީހުން މިކަމާއި ދެކޮޅުހެދިއެވެ. އެމީހުން އީމާންވަނީ ﷲ އަށެވެ. ފިރުޢައުނުގެ އަމުރަށް ބަނޫ އިސްރާއީލުގެ މިހުން ދެކޮޅުހެދުމުން، އެމީހުން ދެކެ އޭނާ ވަރަށް ގަދައަށް ރުޅިއައެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] النازعات،24

[2]  51 الزخرف