[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 6

  • ފިރުޢައުނުގެ ގަނޑުވަރަށް ފޮށި

 

    ކޯރުގެ ރާޅުތަކުގެ ތެރޭގައި އޮޔާދަމުން ފޮށިގަނޑެއް ދިޔައެވެ. ފިރުޢައުނުގެ ޚާދިމުން ފިރުޢައުނުގެ ގާތަށް އެފޮށިގަނޑު ގެނައެވެ. އެ ފޮށިގަނޑު ހުޅުވުމަށް، ފިރުޢަވުނު އޭނާގެ ޚާދިމަށް އަމުރުކުރިއެވެ. އެ ޚާދިމު އެ ފޮށި ހުޅުވިއެވެ. އެހިނދު އޭގެ ތެރެއިން ފެނުނީ ވަރަށް ރީތި ކުޑަ ކުއްޖެކެވެ. ރާނީ އަށް އެކުއްޖާ ފެނުމުން އެ ކަމަނާގެ ހިތްޕުޅުގައި، ކުޑަކުއްޖާ އަށް ލޯބިފުޅު އުތުރިއަރައިގަތެވެ. ަސްގެފާނުގެ އަރިހުގައި އެކަމަނާ، އެ ކުޑަ ކުއްޖާ އަށް ޝަފާއަތްތެރިވެވަޑައިގަތެވެ. އެކަމަނާ ދެންނެވިއެވެ.

(قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا)[1]

މާނަ: “(އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ ޤަތުލުނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ.”

ފިރުޢައުނުގެ ގަނޑުވަރަށް މޫސާގެފާނު ވަދެވަޑައިގަތީ މިފަދައިންނެވެ. އަދި އެކަލޭގެފާނު އޮތީ ފިރުޢަވުނާއި އޭނާގެ ސިފައިންގެ ބެއްލެވުމުގެ ދަށުގައެވެ. ﷲ ތަޢާލާ އިރާދަކުރެއްވީ ފިރުޢަވްނު އެ ކުޑަ ކުއްޖާ ބެލެހެއްޓެވުމަށެވެ. މުސްތަޤްބަލުގައި އެ ކުޑަ ކުއްޖާގެ ސަބަބުން އޭނާގެ އަތުން ރަސްކަން ބީވެގެންދާނެ ކަމެއް އޭނާ އަކަށް ނޭނގެއެވެ. ފިރުޢައުނުގެ ނިކަމެތި ކަމާއެވެ. މޫސާގެފާނުގެ ބެލެހެއްޓުން އެއީ އޭނާ އަށް ހެދޭނެ ވަރަށް ބޮޑު ގޯހެވެ. ފިރުޢަވްނުގެ ވަޒީރު ޙާމާނާއި، އޭނާގެ ސިފައިނަށްވެސްމެއެވެ.

(فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ)[2]

މާނަ: “ފަހެ، ފިރުޢައުނުގެ އަހުލުވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި ޢަދުއްވަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ފިރުޢާއުނާއި، ހާމާނާއި، އެ ދެމީހުންގެ ލަޝްކަރުވީ ކުށްވެރިން ކަމުގައެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

[1]  9        القصص

[2] 8        القصص