[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 11

  • ސިއްރު ފާޅުވުން

 

    އޭގެ އަނެއް ދުވަހު މޫސާގެފާނަށް ފެނިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ އަރިހުން ކުރީ ދުވަހު އެހީއަށް އެދުނު މީހާ، އަނެއްކާވެސް މީހަކާ ތަޅާފޮޅާ ތަނެވެ. އެއްވެސް ލަދުވެތި ކަމެއް ނެތި އަނެއްކާވެސް އޭނާ މޫސާގެފާނު ކިބައިން އެހީތެރިކަމަށް ގޮވާލިއެވެ. މޫސާގެފާނު ވިދާޅުވިއެވެ.

(إِنَّكَ لَغَوِيٌّ مُّبِينٌ)[1]

މާނަ: “ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.”

މޫސާގެފާނު ދެއްކެވި ވާހަކަ އަޑުއިވުމުން، ބަނޫ އިސްރާއީލު މީހާ ރުޅި އައެވެ. އެ ދެ މީހުން ދުރުކުރުމުގެ ނިޔަތުގައި އެކަލޭގެފާނު އެ މީހުންނާއި ކުރިމަތިލެއްވިއެވެ. މޫސާގެފާނު ބަނޫ އިސްރާއީލު މީހާގެ ގައިގައި ޖަހާފާނެ ކަމަށް އޭނާ ބިރުގަތެވެ. އެހިނދު އޭނާ މޫސާގެފާނަށް ބުންޏެވެ.

(قَالَ يَا مُوسَىٰ أَتُرِيدُ أَن تَقْتُلَنِي كَمَا قَتَلْتَ نَفْسًا بِالْأَمْسِ ۖ إِن تُرِيدُ إِلَّا أَن تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ الْمُصْلِحِينَ)[2]

މާނަ: “އޭ موسى ގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވި ފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދުކުރައްވަނީ ތޯއެވެ؟ ބިމުގައި جبّار އަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاح ކުރާ މީހުންގެ ތެރެއިން ވުމަކަށްވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ.”

ބަނޫ އިސްރާއީލުގެ މީހާގެ ވާހަކައިން އޭނާގެ ކައިރީގައި ހުރި ޤިބްތީ މީހާއަށް އެނގުނީ އިއްޔެ ޤިބްތީ މީހާ މަރާލި މޫސާގެފާނު ކަމެވެ. އޭނާ އަވަސް އަވަހަށް އެޚަބަރު ފަތުރާލިއެވެ. އެއީ ޤިބްތީ މީހާ މަރާލި މީހަކީ މޫސާގެފާނު ކަމެވެ.

ފިރުޢަވުނާއި އޭނާގެ ސިފަންގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރެއްވުމަށް ﷲ އިރާދަކުރެއްވިއެވެ. ﷲ ގެ އިރާދަފުޅުގައި ވަނީ ފިރުޢަވުނުގެ ރަސްކަން، އޭނާގެ ކިބައިން ބީވެގެން ދިޔުމަށެވެ. އަދި މޫސާގެފާނު މެދުވެރި ކުރައްވައި ބަނޫ އިސްރާއީލު މީހުން ފިރުޢަވްނުގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވުމަށެވެ. އަދި މޫސާގެފާނު މެދުވެރި ކުރައްވައި މީސްތަކުންގެ އަޅުވެތިކަމުން، ﷲގެ އަޅުވެތިކަމަށް މީސްތަކުން ނެރުއްވުމަށެވެ.

ފިރުޢަވްނުގެ އަނިޔާވެރި ސިފައިން އަތްތަކުގައި މޫސަގެފާނު ޖެހިއްޖެނަމަ މިހެން ކަންތައް ވެދާނެ ހެއްޔެވެ؟ ފިރުޢަވްނަށް އޭނާގެ ވަޒީރުން މަޝްވަރާ ދެމުން ދިޔައީ މޫސާގެފާނު ޤަތުލުކުރުމަށެވެ. އެތަނުގައި ހުރި މީހަކަށް މި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. އެ މީހާ މޫސާގެފާނު އަރިހަށް ގޮސް އެނާ ދެންނެވިއެވެ.

(فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ)[3]

މާނަ: “ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحة ތެރިވާ މީހުންގެ ތެރެއިންނެވެ.”

(فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ)[4]

މާނަ: “ފަހެ، އެކަލޭގެފާނު ބިރުގަންފައިވާ ޙާލުގައި ރައްކާތެރިކަމާއެކު އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ރައްބެވެ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 18        القصص

[2]   19        القصص

[3]     20        القصص

[4] 21        القصص