[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަދީޢާއަށް ޒިންމާވާންޖެހޭ ޙާލަތްތައް 1

ފުރަތަމަ ބާބު: ވަދީޢާގެ ތަޢާރަފް

 

 

ވަދީޢާގެ ތަޢާރަފް:

 

އިންސާނުންގެ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި އެތައް ބާވަތްތަކެއްގެ މުޢާމަލާތް މީސްތަކުންގެ މެދުގައި ކުރަން ޖެހެއެވެ. އެގޮތުން އެންމެ ގިނައިން ކުރަންޖެހޭ އެއް ބާތަވަކީ މުދަލުގެ މުޢާމަލާތްތަކެވެ. މުދާ ގަނެވިއްކުމާއި ރައްކާކުރުމާއި އަދިވެސް މިފަދައިން މުދަލާ ގުޅުންހުރި މުޢާމަލާތްތަކެވެ. އެގޮތުން ވަދީޢާއަކީވެސް އިސްލާމްދީނުގައި އެމުޢާމަލާތެއްގެ މައްޗަށް ޙުކުމްތައް ކަނޑައެޅިފައިވާ މުޢާމަލާތެކެވެ.


 

ބަހުގެ ގޮތުން ވަދީޢާ

 

ވަދީޢާއަކީ ޢަރަބި ބަހެކެވެ. ޢަރަބި ބަހުން ( الوديعة ) މި ބަހުގެ ޖަމްޢުއަކީ ودائع އެވެ. މިބަސް ނެގިފައިވަނީ (الودع) އިންނެވެ. މީގެ މާނައަކީ (الترك) ދޫކޮށްލުމެވެ. (ޢަބްދުﷲ މަޢުޞަރު، 2007) މިމާނައިގައި ކީރިތި ޤުރުއާނުގައި މިބަސް ﷲ ބަޔާންކުރައްވާފައިވެއެވެ. ﴿فَمُسْتقَرٌّ وَمُسْتوْدَعٌ﴾ މާނައީ:” ފަހެ، ޤަރާރުވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ.”

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

«لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللهُ عَلَى قُلُوبِهِمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ» (ރަވާހު މުސްލިމް)[1]

މާނައީ:” މީސްތަކުން ހުކުރު ނަމާދު އެޅުމުން ދުރުހެލިވާ ހުށްޓެވެ. ނޫންނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންގެ ހިތްތަކުގައި ފާފައިގެ ސިއްކަ ޖައްސަވާނެތެވެ. ދެން އެބައިމީހުން ޣާފިލުވެގެންވާ މީހުންގެ ތެރެއިންވާ ހުށްޓެވެ.”


 

އިޞްޠިލާޙީ މާނަ

 

އިޞްޠިލާޙީ ގޮތުން ވަދީޢާގެ މާނައަކީ އެއްވެސް ބަދަލަކާ ނުލައި، މުދަލެއް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި މީހަކާ ހަވާލުކުރުމެވެ. (މުޙައްމަދު ބުން އިބްރާހީމުލް މޫސާ، 2012)

 

= ނުނިމޭ =

________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] – ޞަޙީޙު މުސްލިމް، ކިތާބުލް ޖުމްޢާ، ބާބުއް ތަޤުލީޡު ފީ ތަރުކިލް ޖުމްޢާ، ޙަދީޘް 2002، ޞަފްޙާ 347