[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަދީޢާއަށް ޒިންމާވާންޖެހޭ ޙާލަތްތައް 4

ދެވަނަ ބާބު

 

ވަދީޢާގެ ރުކުންތައް

 

 

ޙަނަފީ މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ވަދީޢާގެ ރުކުނަކީ ހަމަކައެކަނި އީޖާބާއި ޤަބޫލު ކަމުގައެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި 4 ރުކުނެއް އޭގައި ވެއެވެ. އެއީ:

  • ވަދީޢާ ހަވާލުކުރާ މީހާ

މުދަލުން ތަޞައްރަފުކުރުމަށް ހުއްދަވެފައިވާ މީހަކަށް މެނުވީ ވަދީޢާގެ ގޮތުގައި އެއްޗެއް މީހަކާ ހަވާލުކުރުން ޞައްޙަވެގެން ނުވެއެވެ. އެގޮތުން ކުޑަކުއްޖަކު ނުވަތަ ބުއްދި ހަމަނުޖެހޭ މީހަކަ މުދަލެއް ހަވާލުކުރި ނަމަ އެކަން ޤަބޫލުއް ނުކުރެވޭނެއެވެ. ސަބަބަކީ އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް މުދާ ރައްކާތެރިކުރުން މިލްކުވެގެންވާ މީހަކަށް ނުވާތީއެވެ. އެހެންކަމުން އެހެން މީހަކަށް މުދާ ހަވާލުކުރުމުގެ މިލްކުވެރިކަންވެސް އޭނާއަށް ނުވާނެތެވެ.

 

  • ވާދީޢާއާއި ހަވާލުވާ މީހާ

ވަދީޢާގެ ގޮތުގައި އެއްޗެއް ހަވާލުވާ މީހާއަކީ މުދަލުން ތަޞައްރުފުކުރެވޭ މީހަކަށް ވާން ޖެހޭނެއެވެ. ކުޑަކުއްޖަކު ނުވަތަ ބުއްދި ހަމަނުޖެހޭ މޮޔައަކު ވަދީޢާއާއި ހަވާލުވުމަކީ ޞައްޙަކަމެއް ނޫނެވެ. ސަބަބަކީ އޭނާއަކީ މުދާ ރައްކާކުރެވޭ ފަދަ މީހަކަށް ނުވާތީއެވެ.

 

  • ވަދީޢާގެ ގޮތުގައި ހަވާލުކުރެވޭ އެތި

ވަދީޢާގެ ގޮތުގައި ހަވާލުކުރެވޭ އެއްޗަކީ ޝަރުޢުގައި ހުއްދަ އެއްޗަކަށް ވާންވާނެއެވެ. އަދި އެމީހެއްގެ މިލްކުގައިވާ އެއްޗަކަށްވެސް ވާންވާނެއެވެ. މިޝަރުޠުތައް ހަމަނުވާނަމަ އެފަދަ އެއްޗެއް ވަދީޢާއެއްގެ ގޮތުގައި ނުބެހެއްޓޭނެއެވެ.

 

  • ޞީޣާ

މިމުޢާމަލާތުގައިވެސް އީޖާބާއި ޤަބޫލު އޮންނަން ޖެހެއެވެ. އެހެންކަމުން ބުނުމަކުން ނުވަތަ ޢަމަލަކުން ނަމަވެސް ޢީޖާބާއި ޤަބޫލު އައުމުން ފުދޭނެއެވެ. މިސާލަކަށް މުދަލެއް ދިނުމަށްފަހު އެމުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބުނުންފަދަ ބަހެއް ނަމަވެސް ފުދޭނެއެވެ.

= ނުނިމޭ =

________________

މިލިޔުމުގެ އެހެނިހެން ބައިތައް